އެސްއެސްސީ އިމްތިޙާން މިއަދު ފަށައިފި

ގްރޭޑް 10 ގެ ދަރިވަރުންގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން އިސްލާމް މާއްދާއިން މިއަދު ފަށައިފިއެވެ. މިއަދު 9:00 އިން 10:30 އަށް އޮތީ އިސްލާމް ކަރުދާސް 1 އެވެ.

އިސްލާމް ޓެސްޓަށް ދަރިވަރުން ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލް އިސްލާމް ޑިޕާޓްމެންޓުން މި ނޫހަށް ކުރިންވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ދަރިވަރުންނަށް ގިނަ ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި މިދިޔަ މަހުގެ 31 ވަނަ ދުވަހާއި މި އެޕްރީލް މަހުގެ 1 ވަނަ ދުވަހުވަނީ އިސްލާމް ކޭންޕެއްވެސް ބާއްވާފައެވެ.

މިއަދުގެ ފެށުނު އިމްތިހާނާބެހޭ ގޮތުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިސްލާމް ޑިޕާޓްމެންޓްގެ ވެރިޔާ ހަލީމަތު ރަޙީމާ މިއަދު ވިދާޅުވީ، ދަރިވަރުން ތިބީ އިމްތިހާނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމުގައެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އެސްއެސްސީ އިމްތިހާނަށޭ މި ތައްޔާރުވަނީ ބުނެ ހަމަ އެގޮތަށް ކުރިއަށް ގެންދިޔައީ. އޭރުއްސުރެ ފެށިގެން އައިސް މޮކް އިމްތިހާން ނިންމާލައިފައިވެސް ފިލާވަޅުތައް އަލުން ބަލައި ހަދަންޖެހޭ ސުވާލުތައް ހަދައި ވަރަށް ރަނގަޅަށް ކުދިން ތިބީ ކުދިން ތައްޔާރުވެފައި. އަދި ދަރިވަރުން އެކިއެކި ޔުނިޓްތަކުން ދަސްކުރަން ފަސޭހަވާނެ ގޮތަށް ޕޭޕަރުތައް ހެދިފައި އަދި ނޯޓްސްތައްވެސް ހެދިފައި އަދި މިތަކެތި ކުރިއްސުރެ ކުދިންނަށް ދެވިފައި އެންމެެ ފަހު ވަގުތުވެސް ފަސޭހައިން ފޮތް ނަހާވާ ދަސްކުރެވޭނެ ގޮތަށްވާނީ ތައްޔާރު ކޮށްދެވިފައި." ހަލީމަތު ވިދާޅުވިއެވެ.

ހަލީމަތު ވިދާޅުވީ އިމްތިހާނަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްދެވިއްޖެކަމާއި އުއްމީދުކުރަނީ 97 އިންސައްތައަށްވުރެވެސް މަތީ ނަތީޖާއެއް ހޯދޭނެ ކަމުގައެވެ.  އިސްލާމް މާއްދާގެ ކަރުދާސް 2 އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެސްއެސްސީ އިމްތިހާން ގެ ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ އެޕްރީލް 28 ވާ އާދީއްތަ ދުވަހުއެވެ. ކަރުދާސް 2 އޮންނާނީ އެޕްރީލް 29 ވާ ހޯމަ ދުވަހުއެވެ. ދިވެހި ބަހުގެ މާއްދާއަށް ދަރިވަރުން އިތުރަށް ތަމްރީން ދިނުމަށްޓަކައި މިދިޔަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހުވަނީ ދިވެހި ކޭންޕެއް ބާއްވާފައެވެ.

 

ސާނަވީ އިމްތިހާނު މި އަހަރު ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށް ގެންދާނެއެވެ.

އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރިވާ ދަރިވަރުންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު އިތުރެވެ. މި އަހަރު 7133 ދަރިވަރުން އެސްއެސްސީ އިމްތިހާނު ހަދައެވެ. ކުރީ އަހަރު އެސްއެސްސީ އިމްތިހާން ހެދީ 6107 ދަރިވަރުންނެވެ. މިއަހަރު އިތުރުވީ،ީ 1226 ދަރިވަރުންނެެވެ. އޯލެވެލް އިމްތިޙާނު މިދިޔަ އަހަރު ހެދީ 6،698 ދަރިވަރުންނެވެ. މި އަހަރު އޯލެވެލް ހަދަނީ 7501 ދަރިވަރުންނެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *