އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ އަދި ސާނަވީ ދަރިވަރުންނަށް ރިޕޯޓްފޯމް ހަވާލުކޮށްފިއެވެ. އަޙްމަދިއްޔާ ސާނަވީ ދަރިވަރުންނަށް ރިޕޯޓްފޯމް ދިނުން އޮތީ މިއަދު ހެނދުނު އެވެ. ގްރޭޑް 8 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލު ކުރެވުނީ، ހެދުނު 7:00 ގައެވެ.
ގްރޭޑް 7 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކުރެވުނީ ހެނދުނު 7:30 ގައެވެ.
އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކުރެވުނީ ހެނދުނު 9:00 ގައެވެ. މި ދަރިވަރުންނަށްވެސް ރިޕޯޓްފޮތް ހަވާލުކޮށްދެއްވީ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.
މިއަދުގެ ރިޕޯޓްފޯމް ހަވާލުކުރުމަށްފަހު މިއަހަރުގެ ބޮޑު ޗުއްޓީ ފެށުނީއެވެ. އެހެން އަހަރުތަކާޚިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ ލިބެނީ 3 ހަފްތާއެވެ. ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.
އޮކްޓޫބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް ތަޢުލީމީ ވުޒާރާއިން އަލަށް ނެރުނު ދިރާސީ ކަލަންޑަރުގައިވަނީ ފާހަގަކުރައްވާފަ އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.