މިއަހަރުގެ ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި " އަޙްމަދިއްޔާ 1982 " ނޫހުން ގެނެސްދިން ސުވާލު މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުދިނުން މިއަދު ހެނދުނުގެ އެސެމްބްލީގައި ބާއްވައިފިއެވެ. ރަމަޟާން މަހުގެ 30 ދުވަހު 30 ސުވާލު ގެނެސްދިން މި މުބާރާތުން 1 ވަނައަށް 23 ދަރިވަރުން ހޮވުނެވެ. މި ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނަ ދަރިވަރު ހޮވަން ގުރުއަތު ނެގުނެވެ. ގުރުއަތު ނަންގަވައިދެއްވައި ވަނަވަނަ ޙާޞިލްކުރި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ގުރުއަތުން 1 ވަނައަށް ހޮވިގެން މުބާރާތަށް ހުށަހެޅި ބައިސްކަލް ލިބުނީ، އަޙްމަދިއްޔާ 12 އީގެ މުޙައްމަދު އަބްސަމް ޢަބްދުﷲ އަށެވެ.
2 ވަނައަށް ހޮވިގެން 1000 ރުފިޔާ ގެ ވައުޗަރު ލިބުނީ، 10ޑީގެ އަޙްމަދު ރައީފް މުޙައްމަދަށެވެ. 3 ވަނަ ލިބުނީ 11 އޭގެ މަރިޔަމް މިންހަތު ޢަބްދުﷲ އަށެވެ. މި ދަރިވަރަށް ލިބުނީ 500 ރުފިޔާގެ ވައުޗަރެކެވެ.
މި މުބާރާތުގެ ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރި 23 ދަރިވަރުންނަކީ،
- މުޙައްމަދު އަބްސަމް ޢަބްދުﷲ 12 އީ
- އަޙްމަދު ރައީފް މުޙައްމަދު 10 ޑީ
- މަރިޔަމް މިންހަތު ޢަބްދުﷲ 11 އޭ
- ޢައިޝަތު އިޝްރާން ބިންތު އައިމަން 11 ސީ
- ޢައިޝަތު ލަޢާލީ 9 އޭ
- އާމިނަތު މަންހާ މުޙައްމަދު ޝުޖާޢު
- އާމިނަތު ރިވާޔާ 11 ސީ
- އާމިނަތު ސިނާ 11 ބީ
- ފަތޫން މުޙައްމަދު ފައިސަލް 10 އެފް
- ޙަސަން އުޒައިން މުއައްދު 9 އީ
- ޙުނައިން އަޙްމަދު ޢަލީ 7 ޑީ
- ޙުސައިން އަޒާން މުއައްދު 9 އީ
- ޚަދީޖާ ހަޔާ ހާޝިމް 10 ބީ
- ލައިކާ ޙުސައިން ފަހުމީ 9 ބީ
- މާއޫން މުޙައްމަދު މައުމޫން 11 އެފް
- މަރިޔަމް ރުޔާ 11 އޭ
- މަރިޔަމް ޝަފާ 11 އޭ
- މީޒާ އަޙްމަދު ޒާހިރު 12 އެޗް
- މުޙައްމަދު އައިލް އިކްރާމް 10 އީ
- މުޙައްމަދު ޒީކް ޝިހާމް 9 ޑީ
- ޝައިހާން ޢަބްދުލް ފައްތާޙު 12 އީ
- ޝައިމް ޙުސައިން އިބްރާހީމް 8 އީ
- ޔޫނުސް އަޙްމަދު ޢަލީ