ސާނަވީ ހިޔާ ޢީދު 2024 ގެ 1 ވަނަ ޗާނދަނީ ހައުސާއި ޖަނަވަރީ ހައުސް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިއަހަރު ބޭއްވި ސާނަވީ ހިޔާޢީދު ގެ 1 ވަނައަށް ޗާނދަނީ ހައުސް އާއި ޖަނަވަރީ ހައުސް ހޮވިއްޖެއެވެ.

ޗާނދަނީ ހައުސް އާއި ޖަނަވަރީ ހައުސް 1 ވަނަ ހޯދީ މިއަހަރު ފެބްރުއަރީ މަހުގެ 8 ން 10 އަށް އަޙްމަދިއްޔާގެ 4 ހައުސްގެ މެދުގައި ބޭއްވި 10 މުބާރާތުން ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ޕޮއިންޓް ދީފައިވާ ގޮތަކީ 1 ވަނަ އަށް 5 ޕޮއިންޓް ، 2 ވަނައަށް 3 ޕޮއިންޓް 3 ވަނައަށް 1 ޕޮއިންޓެވެ.

ޗާނދަނީ ހައުސްއަށް 4  މުބާރާތުން 1 ވަނަ، 3 މުބާރާތުން 2 ވަނަ އަދި 3 މުބާރާތުން 1 ވަނަ  ހޯދައިގެން ޖުމްލަ 34 ޕޮއިންޓް ލިބިފައިވެއެވެ.

ޖަނަވަރީ ހައުސަށް 4 މުބާރާތުން 1 ވަނަ އާއި 4 މުބާރާތުން 2 ވަނަ ހޯދައިގެން ލިބުނީ 34 ޕޮއިންޓެވެ.

2 ވަނަ އަށް ދިޔައީ، 26 ޕޯއިންޓް ހޯދައިގެން ކާމިނީ ހައުސް އެވެ. ކާމިނީ ހައުސް 2 މުބާރާތުން 1 ވަނަ، 4 މުބާރާތުން 2 ވަނަ، 4 މުބާރާތުން 3 ވަނަ ހޯދާފައިވެއެވެ.

3 ވަނަ ހައުސަކަށް ހޮވުނީ، ހުވަނދުމާ ހައުސެވެ. ހުވަނދުމާ ހައުސް ކާމިޔާބު ކުރީ، 2 މުބާރާތުން 1 ވަނަ އާއި 4 މުބާރާތުން 3 ވަނަ އެވެ. ހުވަނދުމާ ހައުސަށް ލިބުނީ 14 ޕޮއިންޓެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުންނާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުންނާއި، ފާރު ނޫސް ލިޔުމުގެ މުބާރާތުން  1 ވަނަ ހޯދީ ޗާންދަނީ ހައުސް އެވެ. ރައިވްރު ކިޔުމުގެ މުބާރާތާއި ބަހުސް ކުރުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސެވެ. ބައޮގްރަފީ ހުށަހެޅުމާއި ޚަބަރު ކިޔުމުގެ މުބާރާތުން 1 ވަނަ ލިބުނީ ކާމިނީ ހައުސަށެވެ. އިރުޝާދުދޭ ލިޔުމުގެ މުބާރާތުންނާއި އަތު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ހުވަނދުމާ ހައުސަށެވެ. ބަނދި ކިޔުމގެ މުބާރާތުން 1 ވަނަ ލިބުނީ ޖަނަވަރީ ހައުސަށާއި ހުވަނދުމާ ހައުސަށެވެ.

ހިޔާ ޢީދު ގައި މިހާތަނަށް އެންމެ ކާމިޔާބު ހައުސަކީ ކާމިނީ ހައުސެވެ. 2010 ވަނަ އަހަރުން ފެށިގެން ހިޔާ ޢީދު ބޭއްވި 13 އަހަރުގެ ތެރެއިން 6 ފަހަރު ކާމިނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ 2010، 2011، 2015، 2017، 2018 އަދި 2019 ވަނަ އަހަރެވެ. ދެން އެންމެ ގިނަ އަހަރު 1 ވަނަ ހޯދާފައިވަނީ ޗާނދަނީ ހައުސެވެ. 5 އަހަރު ޗާނދަނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ، 2012، 2014، 2022 2023 އަދި 2023 ވަނަ އަހަރެވެ. ޖަނަވަރީ ހައުސް 2013 ވަނަ އަހަރާއި 2024 ވަނަ އަހަރު 1 ވަނަ ހޯދާފައިވާ އިރު ހުވަނދުމާ ހައުސް 1 ވަނަ ހޯދާފައިވަނީ 2016 ވަނަ އަހަރުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *