އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިއަހަރު ބޭއްވި ސާނަވީ ހިޔާޢީދު ގެ އަދަބީ ތަރިއަކަށް ޖަނަވަރީ ހައުސް ގެ ޢާއިޝަތު އިންޝާ ޢިމްރާން ހޮވިއްޖެއެވެ. އިންޝާ އަދަބީ ތަރިއަކަށް ހޮވުނީ މިއަހަރު ހިޔާ ޢީދު ގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށް އެންމެ މަތީ ޕޮއިންޓް ހޯދައިގެންނެވެ. ޝުޢާއު އަށް ޖުމްލަ 10 ޕޮއިންޓް ލިބިފައި ވެއެވެ. ގްރޭޑް 10އޭ ގައި ތަޢުލީމް ޙާޞިލްކުރި އިންޝާ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަނެވެ.
މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ ގްރޭޑް 10 އޭ ގެ ޢަލާ ޢަބްދުއްސައްތާރެވެ. ޢަލާ އަށް މަޒުމޫނު ލިޔުމުގެ މުބާރާތުންނާއި އިރުޝާދުދޭ ލިޔުމުގެ މުބާރާތުން 2 ވަނަ ލިބިގެން 6 ޕޮއިންޓް ލިބިފައިވެއެވެ.
މިއަހަރު ފެބްރުއަރީ މަހުގެ 8 ން 10 އަށް އަޙްމަދިއްޔާގެ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ތަފާތު 10 މުބާރާތެއްވަނީ ބާއްވާފައެވެ. އެ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނައަށް ދިޔަ ދަރިވަރުންނަށް ތަށްޓާއި ހަނދާނީ ލިޔުން ދިނުމަށް އިއްޔެ އަޙްމަދިއްޔާ މާލަމުގައި ބޭއްވި "ޚާއްޞަ އެސެމްބްލީ" ގައި ތަށްޓާއި ހަނދާނީ ލިޔުން ދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ދިވެހިޑިޕާޓްމެންޓްގެ ހެޑް ކޯޑިނޭޓަރ މުޙައްމަދު ސަލީމެވެ.
އަދަބީ ޢީދު 2024ގެ މަޒުމޫނު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޗާނދަނީ ހައުސްގެ ޢާއިޝަތު ތުވާ ޝަމީމެވެ.
ކުރުވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޗާނދަނީ ހައުސްގެ އާލާ ބިންތު އަޙްމަދެވެ.
އިރުޝާދުދޭ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސް ގެ ޢައިޝަތު އިންޝާ ޢިމްރާނެވެ.
އަތު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ކާމިނީ ހައުސް ގެ ޢާއިޝަތު އީނާ އާސިމެވެ.
ބަނދި ކިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސް ގެ ޒަލަފް ބިން ޙުސައިން ނައުޝާދެވެ.
އަދަބީ ކުއިޒް މުބާރާތުން 1 ވަނަ ހޯދީ ހުވަނދުމާ ހައުސްގެ އަޙްމަދު ރައީފް އަޙްމަދެވެ.
ރައިވަރު ކިޔުމުގެ މުބާރާތުން 1 ވަނަ އަށް ދިޔައީ ޗާނދަނީ ހައުސްގެ ކައުޘަރު ބިންތި އިބްރާހީމެވެ.
އަދި ބަހުސް ކުރުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސް ގެ ޢައިޝަތު އިންޝާ ޢިމްރާނެވެ.