ބުރާސްފަތި, 17 އޭޕްރިލް 2025

ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ވަރަށް ކުލަގަދަ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2024 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ރޭ 8:30 ގައި އަޙްމަދިއްޔާ މާލަމުގައި ބާއްވައިފިއެވެ. މި ހަފްލާގެ ޝަރަފްވެރިމެހްމާނަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

މި ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 10 އަށް ކިޔަވައިދެއްވި މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 2024 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ މިސްކޫލުން ތަޢުލީމް ޙާޞިލް ކުރެއްވި ދަރިވަރުންނެވެ.

ގްރޭޑް 10 އޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ 5 މާއްދާއިން މަތީ ނަތީޖާ ހޯދާ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި ޢައިޝަތު ހަމްޔާ އިސްމާޢީލެވެ.

ގްރޭޑް 10ބީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ 5 މާއްދާއިން މަތީ ނަތީޖާ ހޯދާ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި ޢައިޝަތު އާލާ ރަޝީދެވެ.

ގްރޭޑް 10ސީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 1 ވަނަ ހޯއްދަވައި ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ޙާޞިލް ކުރެއްވި ލަޔާން މުޙައްމަދު ރަޝީދެވެ. އޭނާ ވަނީ އޭލެވެލް އިމްތިޙާން ގައި 5 އޭ ސްޓާރ ހޯއްދަވާފައެވެ.

ގްރޭޑް 10ޑީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 1 ވަނަ ހޯއްދަވައި ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ޙާޞިލް ކުރެއްވި ޔުމްނު ޔަމަން ޢަލީއެވެ. އޭނާ ވަނީ އޭލެވެލް އިމްތިޙާން ގައި 5 އޭ ސްޓާރ ހޯއްދަވާފައެވެ.

ގްރޭޑް 10އީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ 5 މާއްދާއިން މަތީ ނަތީޖާ ހޯދާ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި ޢައިޝަތު ޔާސްމީން އެވެ.

ގްރޭޑް 10އެފްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ 5 މާއްދާއިން މަތީ ނަތީޖާ ހޯދާ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި ޢައިޝަތު އާލާ ރަޝީދެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މިއަހަރު ގްރޭޑް 10 ގެ ގަދަ 10 ން 1 ވަނަ ޙާޞިލް ކުރީ ގްރޭޑް 10 ޑީ ގެ މުޙައްމަދު އަޒާން ޢަބްދުއްރަޙްމާނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *