އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2024 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ރޭ ހަވީރު 8:30 ގައި އަޙްމަދިއްޔާ މާލަމުގައި ބާއްވައިފިއެވެ. މި ހަފްލާގެ ޝަރަފްވެރިމެހްމާނަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ދަސްވެނިވުމުގެ ހަފްލާގައި ސްކޫލްގެ ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ޙަވާލުކޮށްދެއްވީ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ސްކޫލްގެ ގަދަ 10 ގެ 1 ވަނަ ޙާޞިލް ކުރީ، ގްރޭޑް 10 ޑީ ގެ މުޙައްމަދު އަޒާން ޢަބްދުއްރަޙްމާނެވެ.
2 ވަނަ ޙާޞިލް ކުރީ 10ބީ ގެ މަނާލް ޙަސަން ޒުހައިރެވެ.
3 ވަނައަށް ދިޔައީ، 10 ޑީ ގެ ޔުސުފް ހަމްޒާ ޢަބްދުލް މުންނިމެވެ.
4 ވަނަ އަށް ދިޔައީ 10 ޑީ ގެ މުޙައްމަދު މާކިން ނުޢުމާނެވެ.
5 ވަނަ އަށް ދިޔައީ، 10 އޭ ހެ ފާޠިމަތު ޝިޔަމް ޢުމަރެވެ.
6 ވަނަ ލިބުނީ 10 އޭ ގެ ޢަލާ ޢަބްދުއްސައްތާރަށެވެ.
7 ވަނައަށް ދިޔައީ 10 އޭގެ ޢައިޝަތު އިންޝާ ޢިމްރާނެވެ.
8 ވަނަ ލިބުނީ، 10 ޑީގެ މޫސާ ހުމާމް ސަލީމަށެވެ.
9 ވަނަ 10 ޑީގެ މުޙައްމަދު ނޫޙު ޝުޖާޢަށެވެ. 10 ވަނަ ލިބުނީ
10 ޑީ ގެ އަހްމަދު ރައީފް އަޙްމަދެވެ.