ބުރާސްފަތި, 17 އޭޕްރިލް 2025

ސްޓޫޓެންޓް ކައުންސިލް އިންތިޚާބުގެ ކެންޕޭން އެސެމްބްލީތައް ވަރަށް ފޯރިގަދަ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްޓޫޑެންޓް ކައުންސިލަށް ކުރިމަތިލި ދަރިވަރުންގެ ކެމްޕޭން އެސެމްބްލީ ވަރަށް ފޯރިއާއެކު މިއަދު ބާއްވައިފިއެވެ. މިއަދު 3 އެސެމްބްލީއެއް ބޭއްވިއެވެ. ހެނދުނު 7:00 ގައި ބޭއްވީ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. 8:15 ގައި އެސެމްބްލީ ބޭއްވީ ގްރޭޑް 9 ގެ ދަރިވަރުންނަށެވެ. ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އެސެމްބްލީ ބޭއްވީ ހެނދުނު 10:30 ގައެވެ.

މި އެސެމްބްލީ ތަކުގައި ސްޓޫޑެންޓް ކައުންސިލް ގެ މަގާމް ތަކާއި އެ މަގާމަތަކަށް ކުރިމަތިލާފައިވާ ދަރިވަރުންވެސް ވަކިވަކިން ތަޢާރަފްކޮށްދެވުނެވެ. މިފަހަރުގެ އިންތިޚާބުގައި 28 މަގާމަކަށް 56 ދަރިވަރުން ކުރިމަތިލާފައި ވެއެވެ.

ސްކޫލް ކެޕަޓަންގެ މަގާމަށް މިފަހަރު ކުރިމަތިލި 9 ދަރިވަރުން އެކުދިން ތާއީދު ހޯދުމުގެ ގޮތުން މިއަދުގެ އެސެމްބްލީ ތަކުގައިވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން ކޮންމެ ދަރިވަރަކަށްވެސް ވާހަކަ ދައްކަން 3 މިނެޓްގެ ފުރުޞަތެއް ދެވުނެވެ.

ކެންޑިޑޭޓް ނަންބަރު: 1  މުޙައްމަދު ޒީކް ޝިހާމް

ކެންޑިޑޭޓް ނަންބަރު: 2  މުއާން މުޙައްމަދު ރަޝީދު

ކެންޑިޑޭޓް ނަންބަރު: 3  ޢައިޝަތު އިޝާ އިސްމާޢީލް

ކެންޑިޑޭޓް ނަންބަރު: 4  ފާޠިމަތު ޖައިޝާ އާސިމް

ކެންޑިޑޭޓް ނަންބަރު: 5  ޝައްޔާން ބިން ޝިފާޢު

ކެންޑިޑޭޓް ނަންބަރު: 6 ޢައިޝަތު ފަތޫން އަޙްމަދު

ކެންޑިޑޭޓް ނަންބަރު: 7  މުޙައްމަދު ޔާނިޝް

ކެންޑިޑޭޓް ނަންބަރު: 8  މަރިޔަމް އަރަފާ އިބްރާހީމް

ކެންޑިޑޭޓް ނަންބަރު: 9  ޢައިޝަތު ވިއާލް މުޙައްމަދު

މި އަހަރުގެ އިންތިޚާބުގައި ސްކޫލް ކެޕްޓަންގެ އިތުރަށް ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކު ހޮވާނެއެވެ. މިއަހަރު ގޭމްސް ކެޕްޓަން ކަމަށް 2 ދަރިވަރަކު ހޮވާނެއެވެ. އެއީ އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރެކެވެ. މީގެ އިތުރަށް ސްކޫލްގެ 4 ހައުސް ކަމަށްވާ ކާމިނީ، ޖަނަވަރީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ލީޑަރާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤުރުއާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ލީޑަރުން ހޮވާނެއެވެ

ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ވޯޓުގެ 30 އިންސައްތައާއި، ޢިލްމީ ޤާބިލްކަމަށް 30 އިންސައްތަ އާއި ހޯދާފައިވާ ކާމިޔާބީ ތަކަށް 15 އިންސައްތަ އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާކުރާ އިންޓަވިޔުއަށް ކަނޑައަޅާފައިވާ 25 އިންސައްތައަށް ބަލާނެއެވެ. އެގޮތުން މި ހަތަރު ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭނެއެވެ.

ސްޓޫޑެންޓް ކައުންސިލަށް ދަރިވަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން އޮންނާނީ މާދަމާ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *