ބުރާސްފަތި, 17 އޭޕްރިލް 2025

ސާނަވީ ސްކޫލް ކެޕްޓަންކަމުގެ މަގާމަށް ޖައިޝާ އާއި ޔާނިޝް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 10 އޭ ފާޠިމަތު ޖައިޝާ އާސިމް އާއި މުޙައްމަދު ޔާނިޝް ހޮވިއްޖެ އެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު ހެނދުނު 7:00 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.

ޖައިޝާ އާއި ޔާނިޝް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 9 ދަރިވަރުން ވާދަކޮށް 70.9 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ.

ދެވަނައާއި ތިން ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަންކަމަށް ހޮވުނީ، 10ޑީގެ މަރިޔަމް އަރަފާ އިބްރާހީމް އާއި 10 އީ ގެ ޝައްޔާން ބިން ޝިފާޢެވެ.

މަރިޔަމް އަރަފާ އިބްރާހީމަށް ލިބުނީ  59.3 އިންސައްތައެވެ.

ޝައްޔާން ބިން ޝިފާޢު އަށް ލިބުނީ، 57.8 އިންސައްތައެވެ.

ކެޕްޓަންކަމަށް ޖުމްލަ 9 ދަރިވަރުންގެ ތެރެއިން އެހެން ދަރިވަރުންނަށް ލިބުނު ޕޮއިންޓް ލިބުނު ގޮތަކީ، ޢައިޝަތު ފަތޫން އަޙްމަދު 58.2 އިންސައްތަ، މުޙައްމަދު ޒީކް ޝިހާމް 57.6 އިންސައްތަ، މުއާން މުޙައްމަދު ރަޝީދު 57.2 އިންސައްތަ، ޢައިޝަތު ވިއާލް މުޙައްމަދު 56.9 އިންސައްތަ އަދި ޢައިޝަތު އިޝާ އިސްމާޢީލް 54.8 އިންސައްތަ އެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ކާމިޔާބީ ތަކަށް 15 އިންސައްތަ، އިންޓަވިޔު އަށް 25 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 30 އިންސައްތަ އެވެ.

3 Responses

  1. ކޮންގްރެޓްސް މައި ގޯލްޑަން ބޯއީ ޔާނީ!! ️️️

  2. ޔާނީ ދެކެ ވަރަށް ލޯބިވޭ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *