ސާނަވީ ޑެޕިއުޓީ ކެޕްޓަން ޢަރަފާ އަދި ޝައްޔާން

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ޑެޕިއުޓީ ކެޕްޓަނުންނަށް މިފަހަރު ހޮވުނީ 10 އޭގެ މަރިޔަމް ޢަރަފާ އާއި ޝައްޔާން ބިން ޝިފާޢުއެވެ މި ދެކުދިން ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލައި ދެވަނަ އާއި ތިންވަނަ ހޯދައިގެންނެވެ. މަރިޔަމް އަރަފާ އިބްރާހީމަށް ލިބުނީ  59.3 އިންސައްތައެވެ. ޝައްޔާން ބިން ޝިފާޢު އަށް ލިބުނީ، 57.8 އިންސައްތައެވެ.

މަރިޔަމް ޢަރަފާ 2020 ވަނަ އަހަރު އަޙްމަދިއްޔާއާއި ގުޅުނު ފަހުން ކޮމެންޑެޑް ރިޕޯޓެއް ޙާސިލް ނުކުރާ އަހަރެއް، ޓާމެއް ނުދެއެވެ. ފިލާވަޅު ކިޔަވައިދޭއިރު ކަނުލައި އަޑުއަހައި، މުދައްރިސުންދޭ މަސައްކަތްތައް ބަރާބަރަށް ފުރިހަމަ ކުރެއެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ، ހޯދާފައިވާ ވަނަތައް މަދެކޭ ނުބުނެވޭނެއެވެ.

ކުލާހުގައި ހިންގާ ޙަރަކާތްތަކާއި އިންޓަރ ކުުލާސް މުބާރާތްތަކުގައި އިސްނެގުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ދަރިވަރުންގެ ތެރޭގައި ޢަރަފާ ހިމެނެއެވެ. ރޭވުންތެރި ކަމާއި އެކު ކަންކަން ހިންގައި، ރަނގަޅު ނަތީޖާ ނެރުމަކީ ޢަރަފާ އަހަރުން އަހަރަށް ކުރަމުން ދާ ކަމެކެވެ.

މީގެ ލާމަސީލު މިސާލަކީ 5 ޖުލައި ވީ ހުކުރު ދުވަހު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި ބޭއްވި ޓީޓީ ފެސްޓިވަލެވެ. ގިނަ މުދައްރިސުންނާއި ދަރިވަރުން އެއްބަސްވާ ގޮތުގައި މި ޙަރަކާތުގައި 10އޭގެ ސްޓޯލް ހިންގުމުގައި ޢަރަފާ އަދާކުރި މަސައްކަތްތައް ގުނާ އަދަދު ނުކުރެވޭނެއެވެ. އަދި މި ސްޓޯލަށް "އޯވަރޯލް ބެސްޓް ސްޓޯލް" ގެ މަޤާމު ލިބުނެވެ.

ކުރިމަތިލާ ކޮންމެ ކަމެއްގައި ޖޯޝާއި ހިތްވަރާ، ނުގުޑާފަދަ އަޒުމެއްގައި ކުރިމަތިލާ ޝައްޔާންގެ އަބަދުވެސް ވިސްނުމަކީ ކާމިޔާބީއާއި ހަމައަށް ފޯރުމެވެ. އެގޮތުން ޓީވީއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ސްޕެލިން ބީ" ގައި 2022 ވަނަ އަހަރު ބައިވެރިވެ 200 ށް ވުރެ ގިނަ ކުދިންނާއި ވާދަކޮށް މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ޝައްޔާންއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ވޯލްޑް ސްކޮލާސް ކަޕުގެ ރީޖަނަލް ރައުންޑުގައި މުޅިން އަލަށް ބައިވެރިވެ ޝައްޔާންއަށް ވަނީ 2 ގޯލްޑް މެޑަލް އާއި 3 ސިލްވާ މެޑަލް ހޯދާފައެވެ.

އެންމެ ކުޑައިރުއްސުރެ ފުޓުބޯޅައަށް ލޯބިކުރާ ޝައްޔާންއަކީ މޮޅު ގޯލު ކީޕަރެކެވެ. އެފް.އޭ.އެމް ގެ 14 އަހަރުން ދަށުގެ ގޯލުކީޕަރެއްގެ ގޮތުގައި 2019 ން ފެށިގެން 2021 ށް އުޅުމަށްފަހު، ދެން ކުޅުނީ 16 އަހަރުން ދަށުގެ ގޯލު ކީޕަރެއްގެ ގޮތުގައެވެ. މޯލްޑިވްސް ސޮކާރ މޭޓްސްގެ 15 އަހަރުން ދަށުގެ އެއް ވަނަ ގޯލް ކީޕަރެއްގެ ގޮތުގައި 2020 ން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެތައް މުބާރާތެއް ކުޅެ ރަންވަނަތައް ވަނީ ހޯދާފައެވެ. 2022 ވަނަ އަހަރު އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތުގައި، އަޙުމަދިއްޔާ ސްކޫލުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅެ ރަނގަޅު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. މިވަގުތު ހުރިހާ ވަގުތެއް ކިޔެވުމަށާއި ސްކޫލަށް ހުސްކޮށް، ކުޅުމާއި ކުޑަކޮށް އެއްފަރާތުގައި ހުރި ނަމަވެސް، ޝައްޔާންގެ އުންމީދަކީ ރާއްޖެއަށް ފާހަގަ ކޮށްލެވޭ މޮޅު ގޯލް ކީޕަރަކަށް ވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *