ބުރާސްފަތި, 24 އޭޕްރިލް 2025

ގޭމްސް ކެޕްޓަން ކަމަށް ކައިނާ އާއި އިޒްޔާން

އަޙްްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ގޭމްސްް ކެޕްޓަން ކަމުގެ މަގާމަށް ކައިނާއާއި އިޒްޔާން ހޮވިއްޖެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ގޭމްސް ކެޕްޓަން ކަމުގެ މަގާމަށް ހޮވީ އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރެކެވެ. އަންހެން ދަރިވަރުންގެ ތެރެއިން ގޭމްސް ކެޕްޓަން ކަމުގެ މަގާމަށް ކުރިމަތިލީ 2 ދަރިވަރުންނެވެ. އެއީ 10 އޭގެ ކަލްސަމް ކައިނާ ނިމާލާއި މަރިޔަމް އީމާ ބިންތި އަޙްމަދެވެ. މި ދެ ދަރިވަރުންގެ ތެރެއިން ކައިނާ ގޭމްސް ކެޕްޓަން ކަމުގެ މަގާމް ލިބުނީ 71 އިންސައްތަ ހޯދައިގެންނެވެ. އީމާ އަށް ލިބުނީ 56.9 އިންސައްތަ އެވެ.

ފިރިހެން ދަރިވަރުންގެ ތެރެއިން ގޭމްސް ކެޕްޓަން ކަމުގެ މަގާމަށް ކުރިމަތިލި 5 ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިގެން ގޭމްސް ކެޕްޓަން ކަމުގެ މަގާމް ލިބުނީ ޔޫސުފް އިޒްޔާން ޙަސަނަށެވެ. އެއީ 63.2 އިންސައްތަ އެވެ. ޝައްޔާން ބިން ޝިފާޢު އަށް ލިބުނީ 61 އިންސައްތަ އެވެ. މުޢާން މުޙައްމަދު ރަޝީދަށް 54.9 އިންސައްތަ، ޔޫސުފް އީމާން އަޙްމަދަށް 45.2 އިންސައްތަ އަދި އިބްރާހީމް ނަހީކް ޙުސައިނަށް 32.1 އިންސައްތަ ވަނީ ލިބިފައެވެ.

ކައިނާ އާއި އިޒްޔާން ވަނީ ކުޅިވަރުގެ ރޮނގުން ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. މި ދެ ދަރިވަރުންގެ ކާމިޔާބީ ތަކާ ގުޅޭ އާޓިކަލެއް ވަރަށް އަވަހަށް މި ނޫހުގައި ޝާއިޢު ކުރާނަމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *