އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހައުސްތަކުގެ ކެޕްޓަނުންނަށް ރޫޔާ، ފަޠޫން، އަލާ އަދި ޒީކް ހޮވައިފިއެވެ.
އަޙްމަދިއްޔާ ސާނަވީ ސްޓޫޑެންޓް ކައުންސިލް ގެ އެކިއެކި މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކުރީ އާދީއްތަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.
ހައުސް ކެޕްޓަން ކަމަށް ކުރިމަތި ލެވެނީ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. އަދި ވޯޓް ލެވެނީ ހަމަ އެ ހައުސެއްގެ ދަރިވަރުންނަށެވެ. ޖަނަވަރީ ހައުސްގެ ކެޕްޓަން ކަމަށް 3 ދަރިވަރުން ވާދަކުރިއެވެ. އޭގެ ތެރެއިން ކެޕްޓަން ކަމަށް ހޮވުނީ 10ޑީގެ ރޫޔާ މުޙައްމަދު ރިޔާޒެވެ. އޭނާއަށް ލިބުނީ 58.9 އިންސައްތައެވެ. ކާމިނީ ހައުސްގެ ކެޕްޓަން ކަމަށް 7 ދަރިވަރުން ކުރިމަތިލިއިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 10އޭގެ ޢައިޝަތު ފަޠޫން އަޙްމަދެވެ. ފަޠޫން އަށް ލިބުނީ 70.3 އިންސައްތަ އެވެ. ފަޠޫން ވަނީ މިދިޔަ ދައުރު ކާމިނީ ހައުސްގެ ޑެޕިޔުޓީ ކެޕްޓަންގެ މަގާމް އަދާކޮށްފައެވެ.
ހުވަނދުމާ ހައުސްގެ ކެޕްޓަން ކަމަށް ކުރިމަތިލީ 4 ދަރިވަރުންނެވެ. 52.3 އިންސައްތަ ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 10އޭގެ އާމިނަތު އަލާ ޢަބްދުﷲ އެވެ. ޗާނދަނީ ހައުސް ގެ ކެޕްޓަން ކަމުގެ މަގާމަށް 8 ދަރިވަރުން ކުރިމަތިލިއިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 10އީގެ މުޙައްމަދު ޒީކް ޝިހާމެވެ. ޒީކްއަށް ލިބުނީ 56.9 އިންސައްތައެވެ. ޒީކް އަކީ ޗާންދަނީ ހައުސްގެ މިދިޔަ ދައުރުގެ ޑެޕިޔުޓީ ކެޕްޓަނެވެ.

ހައުސް ކެޕްޓަނުންގެ އިތުރަށް ޑެޕިޔުޓީ ކެޕްޓަނުންނަށްވެސް ދަރިވަރުން ވަނީ ހޮވާފައެވެ. ހައުސްތަކުގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ކުރިމަތި ލެވެނީ ގްރޭޑް 9 ގެ ދަރިވަރުންނަށެވެ. ޖަނަވަރީ ހައުސްގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ބީ ގެ ލޫލު ބިންތި އިސްމާޢީލެވެ. ކާމިނީ ހައުސް ގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ސީ ގެ ސާރާ އިސްމާޢީލް ޝާން އެވެ. ހުވަނދުމާ ހައުސް ގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9 ބީގެ ޢައިޝަތު އަނާ ޢައްބާސް އެވެ. އަދި ޗާންދަނީ ހައުސްގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ބީ ގެ ޢައިޝަތު އަޒްކާ ޞަލާޙެވެ.