"ހިޔާ"އަށް އަހްނަފް "އޭލާ" އަށް މަލައިކާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދިވެހި އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ރައީސަކަށް އާދަމް އަހްނަފް އަޙްމަދު ހޮވައިފިއެވެ. ގްރޭޑް 10އީ ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ އަޙްނަފް އާއިއެކު މިމަގާމަށް 4 ދަރިވަރުން ވާދަކުރިއެވެ. ދަރިވަރުންގެ ހިޔާ އަކީ އަހްމަދިއްޔާގެ 4 ހައުސްގެ މެދުގައި އެންމެ ފޯރިގަދަ މުބާރާތްތައް ބާއްވާ ޖަމްޢިއްޔާއެވެ. "ހިޔާ ޢީދު" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ދަނީ ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ.

އިނގިރޭސި އަދަބީ ޖަމްޢިއްޔާ "އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން" (އޭލާ)ގެ ޕްރެޒިޓެންޓް ގެ މަގާމަށް މިއަހަރު ހޮވުނީ ގްރޭޑް 10ބީގެ މަލައިކާ އިބްރާހީމެވެ. މިއަހަރު އެންމެ ގިނަ ދަރިވަރުން ވާދަކުރީވެސް އޭލާ އަށެވެ. ޖުމްލަ 12 ދަރިވަރުން މިމަގާމަށް ވާދަ ކުރިއެވެ. އޭލާ ގެ ފަރާތުން "އިންގްލިޝް ޑޭ" ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *