އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އާއި 12 އިގެ ފަހު އިމްތިޙާން މިއަދު ފަށައިފިއެވެ. ގްރޭޑް 12 އިގެ ދަރިވަރުންނަށް މިއަދު 7:30 ން 9:30 އަށް އޮތީ ދިވެހިބަސް ކަރުދާސް 1 އެވެ. ދިވެހިބަސް ކަރުދާސް 2 އޮންނާނީ މާދަމާ ހެނދުނު 7:30 ން 10:00 އަށެވެ. ގްރޭޑް 12 ގެ އިމްތިޙާން ފަހު އިމްތިޙާން 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ގްރޭޑް 11 އިގެ ދަރިވަރުންނަށް މިއަދު 10:00 އިން 11:30 އަށް އޮންނާނީ ފިޒިކްސް ކަރުދާސް 1 އެވެ. 11:30 އިން 12:50 އަށް އޮންނާނީ ފިޒިކްސް ކަރުދާސް 2 އެވެ. އަދި 10:00 އިން 11:45 އަށް އިކޮނޮމިކްސް ކަރުދާސް 1 އޮންނާނެއެވެ. މާދަމާ 11:00 އިން 13:00 އަށް ކެމިސްޓްރީ ކަރުދާސް 1 އޮންނާނެއެވެ. އަދި 11:00 އިން 13:30 އަށް ބިޒިނަސް ކަރުދާސް 1 އޮންނާނެއެވެ. ގްރޭޑް 11 ގެ ފަހު އިމްތިޙާން 24 އޮގަސްޓް 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.