އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2024 ގެ 17 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
17 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެންކުދިންގެ ޑަބަލްސްއިން ޗެމްޕިއަންކަން އަޙްމަދިއްޔާގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސް ވަނީ ހޯދާފައެވެ. އޭނާއާއެކު ޑަބަލްސްއިން ޗެމްޕިއަންކަން ހޯދީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ޒީކް ޙަސަން ލަޠީފެވެ.
17 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެންކުދިންގެ ސިންގަލްސް އިން 3 ވަނަ ހޯދީވެސް އަޙްމަދިއްޔާގެ އަޙްމަދު ރައްޔާން އެވެ.
19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެންކުދިންގެ ސިންގަލްސްއިން 3 ވަނަ ހޯދީ ޙުސައިން އާދު އާސިމެވެ.
17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެންކުދިންގެ ސިންގަލްސް އިން 3 ވަނަ ހޯދީ މަލާކް ބިންތު މުޢިއްޒެވެ.
17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރައިގެ ޑަބަލްސް އިން 2 ވަނަ ހޯދީ މަލާކް ބިންތު މުޢިއްޒާއި ފާޠިމަތު ލީމް އާދަމް ސާޖިދެވެ.
އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުގައި، ޖުމްލަ އެކު، 16 ސްކޫލް ބައިވެރިވިކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ވަނީ ހާމަކޮށްފައެވެ.
މި ފަހަރުގެ ޓީޓީ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ފުވައްމުލަކު ސްކޫލް، ގާޒީ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހާފިޒް އަހުމަދު ސްކޫލް، ހިރިޔާ ސްކޫލް، ހުރަވީ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް އަދި ތާޖުއްދީން ސްކޫލް އެވެ.
ޓީމުތައް ބައިވެރިވެފައިވާ ގޮތަށް ބަލާއިރު، 11، 13، 15، 17، 19 އަހަރުން ދަށުން އަންހެން 19 ޓީމު ބައިވެރިވެފައިވާއިރު، 11، 13، 15، 17 އަދި 19 އަހަރުން ދަށުން ފިރިހެން 23 ޓީމު މުބާރާތުގައި ވާދަކުރިއެވެ.