ބުރާސްފަތި, 17 އޭޕްރިލް 2025

އޭލެވެލް އިން 17 ބްރިލިއަންސް އެވޯޑް އަޙްމަދިއްޔާ އަށް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އޭލެވެލް ގެ ދަރިވަރުން މިފަހަރުގެ އިމްތިހާންގައިވެސް ވަނީ ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދާފައެވެ. މުޅި ދުނިޔެއިންނާއި މުޅި ރާއްޖެއިން ރަން ވަނަތައް ޙާޞިލްކޮށް 17 ބްރިލިއަންސް އެވޯޑް އަޙްމަދިއްޔާގެ ދަރިވަރުން ވަނީ ހޯދާފައެވެ.

މި ދަރިވަރުންގެ ތެރެއިން އެންމެ ފުރިހަމަ ކާމިޔާބީ އެއްހޯދީ 12 އެޗް ގެ ލަޔާން މުޙައްމަދު ރަޝީދެވެ. އޭނާ ވަނީ، އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ އަދި މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ. ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 1 ވަނަ އަދި މުޅި ރާއްޖެއިން 1 ވަނަ ހޯދައި އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 2 ވަނަ ހޯދާފައެވެ. މީގެ އިތުރުން ލަޔާން ވަނީ އިސްލާމިކް ސްޓަޑީޒް އިން މުޅި ރާއްޖެއިން 1 ވަނަ ވެސް ހޯދާފައެވެ.

ޢަބްދުﷲ ފިރުޒާން އަޙްމަދު 12 ކޭ ވަނީ، އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 2 ވަނަ ހޯދައި، އެކައުންޓިން އިން މުޅި ދުނިޔެއިން 4 ވަނަ އަދި ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 9 ވަނަ ހޯދާފައެވެ.

އާދަމް ނާއިޝް ނަސީމް 12 އެލް ވަނީ، އެކައުންޓިން އިން މުޅި ދުނިޔެއިން 2 ވަނަ ހޯދާފައެވެ.

ރަޒާން އިބްރާހީމް ރަޝީދު 12 އެލް ވަނީ، އެކައުންޓިން އިން މުޅި ދުނިޔެއިން 3 ވަނަ ހޯދާފައެވެ.

ޔުމްނު ޔަމަން ޢަލީ 12 ޖޭ ވަނީ، އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 4 ވަނަ އަދި ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދާފައެވެ.

ޢައިޝަތު ހަމްޔާ އިސްމާޢީލް 12 އެޗް ވަނީ، ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދާފައެވެ.

ތަރިންދު ގިމްހަނަ ބަންޑާރަ ވަންނި އައްޗިލަގެ 12 ޖީ ވަނީ، ބަޔޮލޮޖީ އިން މުޅި ދުނިޔެއިން 8 ވަނަ ހޯދާފައެވެ.

ޢައިޝަތު މަލްހާ ޒުހާން 12 ބީ ވަނީ ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 8 ވަނަ ހޯދާފައެވެ.

އާމިނަތު އައިފާ 12 ސީ ވަނީ މެތަމެޓިކްސް އިން މުޅި ދުނިޔެއިން 9 ވަނަ ހޯދާފައެވެ.

މަތީ ސާނަވީން ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަރޝިޕް މިފަހަރު ލިބިފައިވަނީ 4 ދަރިވަރަކަށެވެ. އެއީ، ޢަބްދުﷲ ފިރުޒާން އަޙްމަދު 12 ކޭ، ލަޔާން މުޙައްމަދު ރަޝީދު 12 އެޗް، ޔުމްނު ޔަމަން ޢަލީ 12 ޖޭ އަދި ރަޒާން އިބްރާހީމް ރަޝީދު 12 އެލް އެވެ. މީގެ އިތުރަށް ހައިއެޗީވާސް ސްކޮލަރޝިޕް އަޙްމަދިއްޔާގެ 10 ދަރިވަރުންނަށް ވަނީ ލިބިފައެވެ.

ހައިއެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަކީ، ޢައިޝަތު ހަމްޔާ އިސްމާޢީލް، އާމިނަތު އައިފާ، އާދަމް ނާއިޝް ނަސީމް، ޢާއިޝަތު ޔާސްމީން، ޢާއިޝަތު އާލާ ރަޝީދު، ޢަބްދުﷲ އަހަދު ޙުސައިން ޒުހައިރު، ނަބީހާ ޔަޢުޤޫބު، މަރިޔަމް އައިނީ މުޙައްމަދު، މަރިޔަމް އިޔާދާ، އަދި އާމިނަތު މާޔާ ޒާހިރެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *