އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ފުޓްސަލް މުބާރާތުގެ 7، 8 ގެ ފައިނަލަށް 8 އެފް، 7 ސީ އަދި 9، 10 ގެ ފައިނަލަށް 10 އެފް އަދި 9 އެފް ހޮވިއްޖެއެވެ.
އިންޓަރ ކްލާސް ފުޓްސަލް މުބާރާތް ފެށުނީ މިއަދު ހެނދުނު 6:30 ގައި ހެންވޭރު ދަނޑު ގައެވެ.
8 ގެ ކުލާސްތަކުން ބައިވެރިވި 3 ޓީމް ކޮންމެ ޓީމެއް ބައްދަލުކުރާ ގޮތަށެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ 8 ޑީ އަދި 8 އެފް އެވެ. މި މެޗުން ކޮންމެ ޓީމެއްވެސް 1 ލަނޑު ކާމިޔާބުކުރުމުން މެޗްވީ އެއްވަރެވެ. ދެވަނަ މެޗް ގައި ކުޅުނީ 8 ޑީ އާއި 8 އީ ގެ މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ 8 ޑީ އެވެ. ފަހު މެޗްގައި 8 އެފް އާއި 8 އީ ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ގްރޭޑް 8 ން ފައިނަލަށް ދަތުރުކުރީ 8 އެފް ކުލާހެވެ.
7 ގެ ކުލާސްތަކުން ކުޅެންޖެހުނީ 2 ޓީމް ކަމުގައިވާތީ 7 ސީ އަދި 7 ޑީ ގެ 2 މެޗް ކުޅެވުނެވެ. ފުރަތަމަ މެޗް ލަނޑެއް ނުޖެހި ވީ އެއްވަރެވެ. ދެ ވަނަ މެޗް 3 ލަނޑު 2 ލަނޑުން މޮޅުވެ ޖުމްލަ 3 ޕޮއިންޓް ހޯދައިގެން ފައިނަލަށް ދަތުރުކުރީ 7 ސީއެވެ. އެހެންކަމުން ގްރޭޑް 7 ން ފައިނަލަށް ދިޔައީ 7ސީ ކުލާހެވެ.
ގްރޭޑް 10 ގެ ކުލާސްތަކުން ފުރަތަމަ މެޗްގައި ބައްދަލުކުރީ 10 ޖީ އާއި 10 އީ އެވެ. މި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ 10 އީއެވެ. 2 ވަނަ މެޗް 10 އީ އަދި 10 އެފް ގެ މެޗް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ. ފަހު މެޗް 10 ޖީ އާއި 10 އެފް ކުޅެ 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް 10 ގެ ފައިނަލަށް ދަތުރުކުރީ 10 އެފް ކުލާހެވެ.
ގްރޭޑް 9 ގެ ފުރަތަމަ މެޗް ގައި ކުޅުނު 9 ޑީ އާއި 9 އީ ގެ މެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ 9 ޑީ އެވެ. ދެވަނަ މެޗް 9 އީ އާއި 9 އެފް ބައްދަލުކޮށް 7 ލަނޑު 2 ލަނޑުން މޮޅުވީ 9 އެފް އެވެ. ފަހުމެޗް 9 ޑީ އާއި 9 އެފް ބައްދަލުކޮށް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ.
ފައިނަލް މެޗްގެ ކުޅުން އޮންނަނީ މާދަމާ ހެނދުނު 6:30 ގައި ހެންވޭރު ދަނޑުގައެވެ. ފުރަތަމަ 7، 8 ގެ ފައިނަލް ގައި ބައްދަލުކުރާނީ 8 އެފް އަދި 7 ސީ އެވެ. 2 ވަނަ މެޗް އޮންނާނީ 7 ޖަހާއިރު އެވެ. 9، 10 ގެ ފައިނަލް ގައި ބައްދަލުކުރާނީ 10 އެފް އާއި 9 އެފް އެވެ.