ހޭންޑް ބޯލް މުބާރާތުގެ ފައިނަލްގައި ކުޅޭނީ 7ބީ،8ބީ އަދި 9ބީ،10އޭ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ހޭންޑް ބޯލް މުބާރާތުގެ 7، 8 ގެ ފައިނަލަށް 7ބީ އާއި 8ބީ އަދި 9، 10 ގެ ފައިނަލަށް 9ބީ އާއި 10އޭ ހޮވިއްޖެއެވެ.

އިންޓަރ ކްލާސް ހޭންޑްބޯލް މުބާރާތް ފެށުނީ މިއަދު ހެނދުނު 6:30 ގައި ހެންވޭރު ދަނޑު ގައެވެ.

8 ގެ ކުލާސްތަކުން ފުރަތަމަ މެޗުގައި ބައްދަލުކުރީ 8 އޭ އަދި 8 ބީ އެވެ. މި މެޗް 8 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ 8 ބީ އެވެ. ދެވަނަ މެޗް ގައި ކުޅުނީ 8 އޭ އާއި 8 ސީ ގެ މެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ 8 އޭ އެވެ. ފަހު މެޗްގައި 8 ބީ އާއި 8 ސީ ބައްދަލުކޮށް 6 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ގްރޭޑް 8 ން ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 8 ބީ ކުލާހެވެ.

 

7 ގެ ކުލާސްތަކުން ކުޅެންޖެހުނީ 2 ޓީމް ކަމުގައިވާތީ 7 އޭ އަދި 7 ބީ ގެ 2 މެޗް ކުޅެވުނެވެ. ފުރަތަމަ މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ7 އޭ އެވެ. ދެ ވަނަ މެޗް 2 ލަނޑު 0 ލަނޑުން މޮޅުވެ ޖުމްލަ 3 ޕޮއިންޓް ހޯދައި ގޯލްގެ ތަފާތުން ފައިނަލަށް ދަތުރުކުރީ 7 ބީއެވެ.

ގްރޭޑް 10 ގެ 4 ކުލާސް ކޮންމެ ކުލާހެއް 3 މެޗް ކުޅެން ޖެހުނެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ 10 އޭ އާއި 10 ބީ އެވެ. މި މެޗް 4 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ 10 އޭ އެވެ. 10 ސީ އަދި 10 ޑީ ގެ މެޗް 14 ލަނޑު 3 ލަނޑުން މޮޅުވީ 10ޑީ އެވެ.

10 އޭ އާއި 10 ސީ ގެ މެޗް 8 ލަނޑު 7 ލަނޑުން މޮޅުވީ 10 އޭ އެވެ. 10 ބީ އާއި 10 ޑީ ގެ މެޗް 8 ލަނޑު 3 ލަނޑުން މޮޅުވީ 10 ބީ އެވެ. 10 އޭ އާއި 10 ޑީ ގެ މެޗުން މޮޅުވީ 10 އޭ އެވެ. ފަހު މެޗްގައި 10 ބީ އާއި 10ސީ ބައްދަލުކޮށް މޮޅުވީ 10 ބީ އެވެ. އެހެން ކަމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދަތުރުކުރި 10 އޭ ކުލާހެވެ.

ގްރޭޑް 9 ގެ ފުރަތަމަ މެޗް ގައި ކުޅުނު 9 އޭ އާއި 9 ބީ ގެ މެޗް 6 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ 9 ބީ އެވެ. ދެވަނަ މެޗް 9 އޭ އާއި 9 ސީ ބައްދަލުކޮށް 5 ލަނޑު 0 ލަނޑުން މޮޅުވީ 9 އޭ އެވެ. ފަހުމެޗް 9 ބީ އާއި 9 ސީ ބައްދަލުކޮށް މޮޅުވީ 9 ބީ އެވެ. އެހެންކަމުން ގޮރޭޑް 9 ގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ 9 ބީ އެވެ.

އިންޓަ ކްލާސް ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗްގެ ކުޅުން އޮންނަނީ މާދަމާ ހެނދުނު 6:30 ގައި ހެންވޭރު ދަނޑުގައެވެ. ފުރަތަމަ 9، 10 ގެ ފައިނަލް ގައި ބައްދަލުކުރާނީ  10 އޭ އަދި 9 ބީ އެވެ. 2 ވަނަ މެޗް އޮންނާނީ 7 ޖަހާއިރު އެވެ. 7، 8 ގެ ފައިނަލް ގައި ބައްދަލުކުރާނީ 7 ބީ އާއި 8 ބީ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *