އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ފުޓްސަލް މުބާރާތުގެ ދަށު ސާނަވީ (ގްރޭޑް 7،8)ގެ ޗެމްޕިއަންކަން 8 އެފް، ހޯދައިފިއެވެ. އިއްޔެ ހަވީރު 4:30 ގައި ހެންވޭރު ދަނޑުގައި ކުޅެވުނު ދަށުސާނަވީ ގެ ފައިނަލް މެޗްގައި ބައްދަލު ކުރީ 8 އެފް އާއި 7 ސީ އެވެ. މި މެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ 8 އެފް އެވެ.
8 އެފް ފައިނަލަށް ދަތުރު ކުރީ ކުޅުނު 2 މެޗްގެ ތެރެއިން 1 މެޗް ކާމިޔާބުކޮށް އަނެއް މެޗް އެއްވަރު ވެ ޖުމްލަ 3 ޕޮއިންޓް ހޯދައިގެން ނެވެ. 8 ޑީ އާއެކު ކުޅުނު މެޗް އެއްވަރުވީ ނަމަވެސް 8 އީ އާއެކު ކުޅުނު މެޗް ކާމިޔާބު ކުރިއެވެ.
7 ސީ ފައިނަލަށް ދިޔައީ 7 ޑީ އާ އެކު 2 މެޗް ކުޅެ އެއްމެޗް އެއްވަރުވެ އަނެއް މެޗް ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗް ލަނޑެއް ނުޖެހި ވީ އެއްވަރެވެ. ދެ ވަނަ މެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ 7 ސީ އެވެ.
މި މުބާރާތުގެ ދަށު ސާނަވީގެ އެންމެ މޮޅު 7 ކުޅުންތެރިންހޮވިއެވެ. އެއީ
އަޒާން ޢަބްދުއްރަޙީމް 7ސީ
އަޙްމަދު ރަޒާން ރަމްޒީ 8 އެފް
މާހިލް މުޙައްމަދު 8 އެފް
ނައިކް ބިން ޢަލީ ނަޝީދު 8 އެފް
އާލިފް ބިން މުޙައްމަދު ވަޖީހު 8 އެފް
މުޙައްމަދު އަރަން ޝަމީމް 8 އެފް
މުޙައްމަދު އާލިން އަޙްމަދު 8 އެފް އެވެ.
ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ މުޙައްމަދު އާކިފް ޢަލީ ނަޞީރު 7 ސީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށާއި އެކި ވަނަ ވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.