އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ފުޓްސަލް މުބާރާތުގެ ސާނަވީ (ގްރޭޑް 10،9)ގެ ޗެމްޕިއަންކަން 9 އެފް، ހޯދައިފިއެވެ. އިއްޔެ ހަވީރު 4:45 ގައި ހެންވޭރު ދަނޑުގައި ކުޅެވުނު ސާނަވީ ގެ ފައިނަލް މެޗްގައި ބައްދަލު ކުރީ 8 އެފް އާއި 10 އެފް އެވެ. މި މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ 9 އެފް އެވެ.
9 އެފް ފައިނަލަށް ދަތުރު ކުރީ ކުޅުނު 2 މެޗްގެ ތެރެއިން 1 މެޗް ކާމިޔާބުކޮށް އަނެއް މެޗް އެއްވަރު ވެ ޖުމްލަ 3 ޕޮއިންޓް ހޯދައިގެން ނެވެ.
ގްރޭޑް 9 ގެ ފުރަތަމަ މެޗް ގައި ކުޅުނު 9 ޑީ އާއި 9 އީ ގެ މެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ 9 ޑީ އެވެ. ދެވަނަ މެޗް 9 އީ އާއި 9 އެފް ބައްދަލުކޮށް 7 ލަނޑު 2 ލަނޑުން މޮޅުވީ 9 އެފް އެވެ. ފަހުމެޗް 9 ޑީ އާއި 9 އެފް ބައްދަލުކޮށް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ.

10 އެފް ފައިނަލަށް ދިޔައީވެސް ކުޅުނު 2 މެޗްގެ ތެރެއިން 1 މެޗް ކާމިޔާބުކޮށް އަނެއް މެޗް އެއްވަރު ވެ ޖުމްލަ 3 ޕޮއިންޓް ހޯދައިގެން ނެވެ.
ގްރޭޑް 10 ގެ ކުލާސްތަކުން ފުރަތަމަ މެޗްގައި ބައްދަލުކުރީ 10 ޖީ އާއި 10 އީ އެވެ. މި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ 10 އީއެވެ. 2 ވަނަ މެޗް 10 އީ އަދި 10 އެފް ގެ މެޗް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ. ފަހު މެޗް 10 ޖީ އާއި 10 އެފް ކުޅެ 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ 10 އެފް ކުލާހެވެ.
އަމާން ޢަލީ 10 އެފް
މާޒް މުޙައްމަދު ރަޝީދު 9 އެފް
ނަޒާން ނާޒިމް 9 އެފް
ބިލާލް ބިން އަޙްމަދު 9 އެފް
ުުުުު
އައުފް ޢަބްދުއްރައޫފު އިބްރާހީމް 9 އެފް
އަޔާން މުޙައްމަދު އިބްރާހީމް 9 އެފް
މުޙައްމަދު ޒީކް ޢަލީ 9 އެފް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށާއި އެކި ވަނަ ވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.