ހޭންޑްބޯލް ސާނަވީ ޗެމްޕިއަން 10 އޭ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ހޭންޑް ބޯލް މުބާރާތުގެ ސާނަވީ (ގްރޭޑް 9، 10) ގެ ޗެމްޕިއަންކަން 10އޭ ހޯދައިފިއެވެ.

އިއްޔެ ހަވީރު 4:15 ގައި ހެންވޭރު ދަނޑުގައި ކުޅެވުނު ސާނަވީ ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރީ 9 ބީ އާއި 10 އޭ  އެވެ. 10 އޭ ޗެމްޕިއަންކަން ހޯދީ 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.

10 އޭ މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު 3 މެޗްވެސް ކާމިޔާބު ކޮށްގެންނެވެ. 9 ބީވެސް ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ގްރޭޑް 10 އޭ 3 މެޗް ކުޅެން ޖެހުނެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ 10 އޭ އާއި 10 ބީ އެވެ. މި މެޗް 4 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ 10 އޭ އެވެ.

10 އޭ އާއި 10 ސީ ގެ މެޗް 8 ލަނޑު 7 ލަނޑުން މޮޅުވީ 10 އޭ އެވެ. 10 އޭ އާއި 10 ޑީ ގެ މެޗުން މޮޅުވީ 10 އޭ އެވެ.

ހޭންޑްބޯލް މުބާރާތުގެ ރަނަރަޕް ޓީމަކީ، 9 ސީ އެވެ.

ގްރޭޑް 9 ގެ ފުރަތަމަ މެޗް ގައި ކުޅުނު 9 އޭ އާއި 9 ބީ ގެ މެޗް 6 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ 9 ބީ އެވެ. ފަހުމެޗް 9 ބީ އާއި 9 ސީ ބައްދަލުކޮށް މޮޅުވީވެސް 9 ބީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށާއި އެކި ވަނަ ވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

މުބާރާތުގެ ސާނަވީ އެންމެ މޮޅު 7 ކުޅުންތެރިން ހޮވިއެވެ. އެއީ،

ކަލްސަމް ކައިނާ ނިމާލް 10 އޭ

ފާޠިމަތު އާމިރު 10 އޭ

މަރިޔަމް ކައިލީން ޝިރުހާން 9 ސީ

ޢައިޝަތު ލަމާ ޝަމޫން 10 ސީ

ޖަންނާ ޖާދުﷲ ޙަސަން 10 ޑީ

މަރިޔަމް އީމާ ބިންތި އަޙްމަދު ޝަކީލް 10 އޭ

ޢައިޝަތު އަލްމާ 10 ޑީ އެވެ.

މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އާޔާ އަޙްމަދު ފިރުޝާން 9 ބީ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *