އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ހޭންޑް ބޯލް މުބާރާތުގެ ދަށު ސާނަވީ (ގްރޭޑް 7، 8) ގެ ޗެމްޕިއަންކަން 7ބީ ހޯދައިފިއެވެ.
އިއްޔެ ހަވީރު 4:15 ގައި ހެންވޭރު ދަނޑުގައި ކުޅެވުނު ސާނަވީ ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރީ 7 ބީ އާއި 8 ބީ އެވެ. 7 ބީ ޗެމްޕިއަންކަން ހޯދީ 5 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.
7 ބީ މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު 2 މެޗްގެ ތެރެއިން 1 މެޗް އެއްވަރުވެ އަނެއް މެޗް ކާމިޔާބު ކޮށްގެންނެވެ. 8 ބީ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
7 ގެ ކުލާސްތަކުން ކުޅެންޖެހުނީ 2 ޓީމް ކަމުގައިވާތީ 7 އޭ އަދި 7 ބީ ގެ 2 މެޗް ކުޅެވުނެވެ. ފުރަތަމަ މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ7 އޭ އެވެ. ދެ ވަނަ މެޗް 2 ލަނޑު 0 ލަނޑުން މޮޅުވެ ޖުމްލަ 3 ޕޮއިންޓް ހޯދައި ގޯލްގެ ތަފާތުން ފައިނަލަށް ދަތުރުކުރީ 7 ބީއެވެ

8 ގެ ކުލާސްތަކުން ފުރަތަމަ މެޗުގައި ބައްދަލުކުރީ 8 އޭ އަދި 8 ބީ އެވެ. މި މެޗް 8 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ 8 ބީ އެވެ. ދެވަނަ މެޗް ގައި ކުޅުނީ 8 އޭ އާއި 8 ސީ ގެ މެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ 8 އޭ އެވެ. ފަހު މެޗްގައި 8 ބީ އާއި 8 ސީ ބައްދަލުކޮށް 6 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ 8 ބީ ކުލާހެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށާއި އެކި ވަނަ ވަނަ ޙާޞިލް ކުރި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
މި މުބާރާތުގެ ދަށުސާނަވީ އިން އެންމެ މޮޅު 7 ކުޅުންތެރިން ހޮވިއެވެ. އެއީ
މަހަލް މުޙައްމަދު ނަސީހު 7 ބީ،
ޢައިޝަތު ޝުޢާ ޙުސައިން 8 ޑީ
މަތީޝާ މެތުކީ 7 ބީ،
ޖީލާން ޙުސައިން އިބްރާހީމް 7 ބީ،
ޢައިޝަތު އައިލީން ޝަފީޤު 8 ބީ
ޝަދާޚާ ޝާހިދު ޢަބްދުއްޞަމަދު 8 އޭ
އަދި އާމިނަތު އިފްރާ އިލްޔާސް 7 އޭ އެވެ.
މުބާރާތުގެ ދަށު ސާނަވީ ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އާމިނަތު އުޒުވާ ޢާޒިމް 8 ޑީ އެވެ.