ސާނަވީ ދަރިވަރުންގެ ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް އިފްތިތާހް ކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ އަޙްމަދިއްޔާ މާލަމުގައި ބާއްވައިފިއެވެ.

ދަރިވަރުންނަށް ހުވާ ލައިދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް  އެވެ. ހުވާ ލައި ދެއްވުމަށްފަހު މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާންވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ތިޔަކުދިން ތިޔަ ހަވާލުވި ކަންތަކަކީ ޝަރަފެއްކަމަށް ބަލައިގެންނުވާނެކަމާއި އެކަން ބަލަންވާނީ ބޮލުގައި އެޅުނު މަސްއޫލިއްޔަތެއްގެ ގޮތުގައިކަމާއި ޒިންމާއެއްގެ ގޮތުގައި ކަމާއި އަދި އަމާނާތެއްގެ ގޮތުގައި ކަމުގައެވެ.

"ސްކޫލްގެ ޕްރިފެކްޓް ކަމަކީ ވަރަށްބޮޑު އަމާނާތެއް. ދަރިވަރަކަށް އެހިސާބަށް އާދެވުމަކީ، އެކުއްޖެއްގެ ކިބައިގައި ވަރަށް ރަނގަޅު ހެޔޮ ސިފަތަކެއް، ގާބިލް ކަންތައްތަކެއް އެކުއްޖެއްގެ ކިބައިގާ ހުރުމުގެ ސަބަބުން ހާޞިލްވާ ކަމެއް. އެއާ އެކުގައި ކޮންމެ ކުއްޖަކުވެސް ވިސްނަންވާނެ ތިމަންނަ މިހަވާލުވި މަސްއޫލިއްޔަތު ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި މިކަން ތިމަންނަ އުފުލާނަމޭ، މިކަމަށް ތިމަންނަ ވަފާތެރިވާނަމޭ." ޝަރަފްވެރި މެހްމާން ވިދާޅުވިއެވެ.

ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި، ވިދާޅުވީ، ﷲ ތަބާރަކަ ވަތަޢާލާގެ ނަންފުޅު ގަންދީ ހުވާކޮށް މި މަސްއޫލިއްޔަތާ ހަވާލުވި ހަވާލުވުމަކީ މި ކުޑަކަމެއްކަމުގައި ދެކިގެން ނުވާނެކަމާއި މާތް ﷲގެ ނަންފުޅު ލާފައި ކުރެވޭ އެއްވެސް ކަމަކީ، އެއީ ކުޑަކަމެއް ކަމުގައި ދެކިގެން ނުވާނެ ކަމުގައެވެ. އަދި އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންނަކީ މުސްލިމުނަނަށް ކަމަށް ވާތީ ޢަހްދު ތަކަށް ވަޢުދު ތަކަށް ރައްކާތެރިވުމަށް އަޅުގަނޑުމެންގެ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

2023 – 2024 ވަނަ އަހަރުގެ ސްކޫލްގެ އިސް މަގާމްތަކަށް އިންތިޚާބު ކުރެވުނު ބައެއް ދަރިވަރުންނަށް ބެޖް އަދި ސޭޝް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް  އެވެ.

ސާނަވީ ސްކޫލް ކެޕްޓަން ފާޠިމަތު ޖައިޝާ އާސިމް 10 އޭ

ސާނަވީ ސްކޫލް ކެޕްޓަން މުޙައްމަދު ޔާނިޝް 10 އީ

ސާނަވީ ސްކޫލް ވައިސް ކެޕްޓަން މަރިޔަމް އަރަފާ އިބްރާހީމް 10 އޭ

ސާނަވީ ސްކޫލް ވައިސް ކެޕްޓަން ސައްޔަން ބިން ޝިފާޢު 10 އީ

ގޭމްސް ކެޕަޓަން (އަންހެން) ކަލްސަމް ކައިނާ ނިމާލް 10 އޭ

ގޭމްސް ކެޕްޓަން (ފިރިހެން) ޔޫސުފް އިޒްޔާން ޙަސަން 10 އީ

ހައުސްތަކުގެ ކެޕްޓަނުންނަށް ހޮވުނު ދަރިވަރުންނަށާއި ޖަމްޢިއްޔާ ތަކުގެ ރައީސުންނަށް ހޮވުނު ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

ޖަނަވަރީ ހައުސް ކެޕްޓަން ރޫޔާ މުޙައްމަދު ރިޔާޒު 10 ޑީ

ކާމިނީ ހައުސް ކެޕްޓަން ޢާއިޝަތު ފަތޫން އަޙްމަދު 10 އޭ

ހުވަނދުމާ ހައުސް ކެޕްޓަން އާމިނަތު އާލާ ޢަބްދުﷲ 10 އޭ

ޗާނދަނީ ހައުސް ކެޕްޓަން މުޙައްމަދު ޒީކް ޝިހާމް 10 އީ

ދަރިވަރުންގެ ހިޔާގެ ރައީސް އާދަމް އަހްނަފް އަޙްމަދު 10 އީ

އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މަލައިކާ އިބްރާހީމް ޢަލީ 10 އޭ

މި ރަސްމިއްޔާތުގައި ސާނަވީ ކެޕްޓަން ގްރޭޑް 10 އީ ގެ މުޙައްމަދު ޔާނިޝް އާއި

10 އޭ ގެ ފާޠިމަތު ޖައިޝާ އާސިމް ވާހަކަދެއްކިއެވެ.

ރަސްމިއްޔާތު ނިމިގެން ދިއައީ ޤައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *