އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2022-2023 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް 10އެފް ގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސް ހޮވިއްޖެއެވެ
ރޭ ދަރުބާރުގޭގައި ބޭއްވި އަޙްމަދިއްޔާގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި ރައްޔާނަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުﷲ ޚަލީލެވެ.
އަޙްމަދިއްޔާގެ 11 އެލްގައި މިހާރު ކިޔަވަމުންދާ ރައްޔާން ވަނީ މިދިޔައަހަރު އޯލެވެލް ގަދަ ދިހައެއްގެ 1 ވަނަ ހޯދާފައެވެ. އަދި ދިވެހިން މުޅި ރާއްޖެއިން 1 ވަނަ ހޯދީވެސް ރައްޔާނެވެ
މިއަހަރު ވެސް ވަނީ ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2 ވަނަ އާއި 3 ވަނަ ދަރިވަރުވެސް ވަނީ ހޮވާފައެވެ
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 10ސީ ގެ ޝުޢާއު އިސްމާޢީލް ޝާން އެވެ ޝުޢާޢު އަކީ 2022 – 2023 ދިރާސީ އަހަރުގެ ސާނަވީ ކެޕްޓަނެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 10ޑީގެ މުޙައްމަދު ޖޫދު ޢަބްދުﷲ އެވެ
2022 ވަނައަހަރުގެ އޯ.ލެވެލް އިމްތިޙާނުގެ ގައުމީ ގަދަ 10 ގައި އަޙްމަދިއްޔާގެ 61 ދަރިވަރުން ހިމެނުނެވެ. މިއީ، މުޅި ރާއްޖެއިންވެސް އެންމެ ގިނަ ދަރިވަރުން އޯލެވެލް ގަދަ 10 ގައި ހިމެނުނު ސްކޫލެވެ. ރާއްޖޭގެ ގަދަ 10 ގެ 1 ވަނާ ގައި އަހްމަދިއްޔާގެ 2 ދަރިވަރަކު ހިމެނުނެވެ. ގަދަ 10 ގެ 1 ވަނަ ހާޞިލްކުރި ދަރިވަރުންނަކީ، 10 އެފް ގެ އަޙްމަދު ރައްޔާން އަޙްމަދު އަނީސް ،އަދި 10އޭ ގެ އަޝާ އަޙްމަދު ރިޒާ އެވެ.
އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގެ 1 ވަނާގައި ހިމެނުނީ، 10ސީ ގެ ޢައިޝަތު ލީމް ޢަބްދުލް މަޖީދެވެ. ލީމް ވަނީ އިންގްލިޝް އޭސް އަ ސެކަންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ. އަދި 10ސީ ގެ ފާޠިމަތު މަލީޝާ ޝިހާމް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 2 ވަނަ ހޯދާފައެވެ. 10 އެފް ގެ މުޙައްމަދު ރައްޔާން އަޙްމަދު އަނީސް ވަނީ ދިވެހިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ.