ބުރާސްފަތި, 17 އޭޕްރިލް 2025

ހަމްޔާ – މަތީ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މިދިޔަ އަހަރުގެ މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް 12 އެޗްގެ ޢައިޝަތު ހަމްޔާ އިސްމާޢީލް ހޮވިއްޖެއެވެ

ރޭ ދަރުބާރުގޭގައި ބޭއްވި އަޙްމަދިއްޔާގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި ހަމްޔާއަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް ހެލްތު  ޑރ. ޢަބްދުﷲ ޚަލީލެވެ

ހަމްޔާ ވަނީ ގައުމީ ގަދަ 10 ގެ 2 ވަނަ ހޯދާފައެވެ. އަދި ހައި އެޗީވާސް ސްކޮލަރޝިޕް ވެސް ހަމްޔާވަނީ ޙާޞިލް ކޮށްފައެވެ

މަތީ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނައަށް 2 ދަރިވަރުން ހޮވުނެވެ. އެއީ 12 އެޗް ގެ ލަޔާން މުޙައްމަދު ރަޝީދާއި 12 އެލް ގެ އާދަމް ނާއިޝް ނަސީމެވެ

ލަޔާން ވަނީ، ގައުމީ ގަދަ 10 ގެ 1 ވަނަ ޙާޞިލް ކޮށްފައެވެ. ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްވެސް ލަޔާންވަނީ ހޯދާފައެވެ.

ގްރޭޑް 12 އެލް ގެ އާދަމް ނާއިޝް ނަސީމްވަނީ ގައުމީ ގަދަ 10 ގެ 2 ވަނަ ހޯދާފައެވެ. އަދި ހައި އެޗީވާސް ސްކޮލަރޝިޕް ވެސް ނާއިޝްވަނީ ހޯދާފައެވެ. ނާއިޝް އަކީ މިދިޔަ އަހަރުގެ މަތީ ސާނަވީގެ ސްކޫލް ކެޕްޓަނެވެ.

މަތީ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ އަށް ހޮވުނީ، 12 ޖޭ ގެ ޔުމްނު ޔަމަން ޢަލީ އެވެ. ޔުމްނުވަނީ، ގައުމީ ގަދަ 10 ގެ 1 ވަނަ ޙާޞިލް ކޮށްފައެވެ. ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްވެސް ޔުމްނު ވަނީ ހޯދާފައެވެ.

2023 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 46 ދަރިވަރުން ހިމެނުނެވެ. 4 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްވެސް ލިބުނެވެ. އަދި 10 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަރ ޝިޕް ލިބުނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *