އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ އީދު، "ހިޔާޢީދު"ގެ އެއްވަނަ ކާމިނީ ހައުސް އިން ހޯދިއިރު، އެ އީދުގެ އަދަބީ ތަރިއަކަށް ޖަނަވަރީ ހައުސްގެ ޢިޔާން ޢަލީ މޫސާ ހޮވިއްޖެއެވެ.
ހިޔާއީދުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނާއި ހައުސްތަކަށް އިނާމު ހަވާލުކޮށްދެއްވީ، ގައުމީ ދުވަސް ފާހަގަކުރުމަށް މަތީސާނަވީ ދަރިވަރުންނާއި ސާނަވީ ދަރިވަރުންނަށް އިއްޔެ ބޭއްވި ޚާއްޞަ އެސެމްބްލީގައި، ޝަރަފްވެރި މެޙްމާނު މަޝްހޫރު ޅެންވެރިޔާ ޢަބްދުﷲ ރަޝީދު (މ.ލިނެޓް) އެވެ.
މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހައުސްއަކަށް ކާމިނީ ހައުސް ހޮވުނު އިރު އެއްވަނައަށް ދެ ދަރިވަރަކު ހޮވިފައިވެއެއެވެ. އެއީ ޖަނަވަރީ ހައުސްގެ އިޔާން ޢަލީ މޫސާއާއި ކާމިނީ ހައުސްގެ މުޙައްމަދު ޙުސާން ހުސައިނެވެ.
ވާހަކަލިޔުމުގެ މުބާރާތުން އެއްވަނަ ހައުސްއަކަށް ހޮވުނީ ހުވަނދުމާ ހައުސްއެވެ. އެއްވަނަ ދަރިވަރަކީ ކާމިނީ ހައުސްގެ ޢާއިޝަތު ސަޖާޔާއެވެ.
އޮޓޯބައޮގަރްފީ ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދީ ޖަނަވަރީ ހައުސްއެވެ. އެއްވަނަ ދަރިވަރަކަށް ވެސް ހޮވުނީ އެ ހައުސްގެ ފާތިމަތު އިޝާ އިބްރާހީމެވެ.
ވާދަރައިވަރުކިޔުމުން އެއްވަނައަށް ދިޔައީ ކާމިނީ ހައުސްއެވެ. އެއްވަނަ ދަރިވަރަކީ ކާމިނީ ހައުސްގެ ނުހާ ރިޟްވާނެވެ.
މިއަހަރު މުޅިން އަލަށް ބޭއްވި މުބާރާތްތަކުގެ ތެރެއިން ޅެންހެދުމުގެ މުބާރާތުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. އެއްވަނަ ދަރިވަރަކަށް ހޮވުނީ ކާމިނީ ހައުސްގެ ނަފްހާ ނަސީމެވެ. ބައިތުބާޒީ ކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ޗާނދަނީ ހައުސްއެވެ. އެއްވަނަ ދަރިވަރަކަށް ހޮވުނީ ކާމިނީ ހައުސްގެ މަރިޔަމް ރޫޔާއެވެ.
ސްޓޭޖް ޑްރާމާ މުބާރާތުގެ އެއްވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ. އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކާމިނީ ހައުސްގެ މާދިޙް އިބްރާހީމެވެ.
ހިޔާއީދުގެ އެންމެ ފޯރިގަދަ އެއް ޙަރަކާތް ކަމަށްވާ ބަހުސް މުބާރާތުން އެއްވަނަ ހޯދީ ޖަނަވަރީ ހައުސްއެވެ. އެންމެ މޮޅު ބަހުސްކުރުންތެރިއަކަށް ހޮވުނީ ވެސް އެ ހައުސްގެ ޢިޔާން ޢަލީ މޫސާއެވެ.
ހަމައެކަނި ހައުސްތަކުގެ ވަނަތައް ހޮވި މުބާރާތްތަކުގެ ތެރެއިން ފާރުނޫސް ލިޔުމުގެ މުބާރާތުން ދެ ހައުސްއެއް އެއްވަނައަށް ހޮވިފައިވެއެވެ. އެއީ ކާމިނީހައުސްއާއި ހުވަނދުމާ ހައުސްއެވެ. ބަޚަބަރު މުބާރާތުން އެއްވަނަ ހޯދީ ޖަނަވަރީ ހައުސްއެވެ. އިޝާރާތް މުބާރާތުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. ކޭންތައްޔާރުކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ޖަނަވަރީ ހައުސްއެވެ. ވީޑިއޯއަށް އަޑުއެޅުމުގެ މުބާރާތުންނާއި އިސްޓޯލް ތައްޔާރުކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ.
އިއްޔެގެ ޖަލްސާގައި މަތީ ސާނަވީ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި ބައެއް އެހެން މުބާރާތްތަކުގެ ނަތީޖާފާޅުކުރުން ވެސް އޮތެވެ. އެގޮތުން ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ވެސް ވަނީ ފާޅުކޮށްފައެވެ. މަދަހަ މުބާރާތުން އެއްވަނައަށް ދިޔައީ ކާމިނީ ހައުސްއެވެ. އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ މުޝާތު މުސްތާގެވެ. ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ 11އީގެ މުޙައްމަދު ރާއިން ރަފީޢުއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ 11ސީގެ ޢާއިޝަތު ޖަނާން ޖިހާދެވެ.
ފީފާ ޓޯރނަމެންޓުގެ މިދިޔަ އަހަރުގެ ޗެންޕިއަން ބަލިކޮށް މިފަހަރު ޗެންޕިއަންކަން ހޯދީ 11ޑީގެ ޙަސަން ފައުޒާން ލަތީފެވެ.