ބުރާސްފަތި, 17 އޭޕްރިލް 2025

އޭ ލެވެލް އިމްތިޙާނުން މުޅި ރާއްޖެއިން 1 ވަނަ އަޙްމަދިއްޔާގެ ލަޔާން، ފިރުޒާން، ރަޒާން، ޔުމްނު

އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް އިއްޔެ ދީފިއެވެ..

އެ ކުދިންނަށް އެވޯޑު ދިނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާތަކުގަ އެވެ.

މަތީ އަރުރަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން……

އޭލެވެލްގެ 2023-2022 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ގައުމީ ގަދަ 10 ގައި 376 ކުއްޖަކު ހިމެނުނެވެ. އޯލެވެލް އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް 65 ކުއްޖަކު ހޯދި އެވެ.

އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލްކުރި ކުދިންގެ ތެރެއިން 18 ކުއްޖަކު ވަނީ ދުނިޔޭގެ ވަނަތައް ހާސިލްކޮށްފަ އެވެ.

އޭލެވެލްގައި ރާއްޖެ އިން އެއްވަނަ 12 ކުއްޖަކު ހާސިލްކުރިއިރު، ސެޓްފިކެޓް އޮފް އެކްސެލެންސް (ތިން އޭ ސްޓާ ) 27 ކުއްޖަކު ހޯދި އެެވެ. އޯލެވެލް އިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ކުއްޖަކު ހޯދި އެވެ. އަދި ރާއްޖޭން އެއްވަނައިގެ ތެރޭގައި 23 ކުއްޖަކު ހިމެނުނެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިޙާން ގައި މުޅި ރާއްޖެއިން 1 ވަނަ ހޯދި ރަޒާން އިބްރާހީމް ރަޝީދަށް ރައީސް އިނާމް ހަވާލުކޮށްދެއްވަނީ

2023 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 46 ދަރިވަރުން ހިމެނުނެވެ.

މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ގަދަ 10 ގެ 1 ވަނަ ހާޞިލް ކުރީ 4 ދަރިވަރުންނެވެ. އެއީ، ލަޔާން މުޙައްމަދު ރަޝީދު 12 އެޗް، ޢަބްދުﷲ ފިރުޒާން އަޙްމަދު 12 ކޭ، ރަޒާން އިބްރާހީމް ރަޝީދު 12 އެލް  އަދި ޔުމްނު ޔަމަން ޢަލީ 12 ޖޭ އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިޙާން ގައި މުޅި ރާއްޖެއިން 1 ވަނަ ހޯދި ލަޔާން މުޙައްމަދު ރަޝީދު.  މިފޮޓޯއަކީ ރައީސްގެ ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއެއް.

އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގެ 1 ވަނާގައި އަޙްމަދިއްޔާގެ ލަޔާން މުޙައްމަދު ރަޝީދު ހިމެނުނެވެ.  އޭނާ ވަނީ، އެކައުންޓިންއާއި ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ. މީގެ އިތުރަށް އެކައުންޓިންއާއި ބިޒިނަސް ސްޓަޑީޒް އަދި އިސްލާމިކް ސްޓަޑީޒް އިން ލަޔާންވަނީ މުޅި ރާއްޖެއިން 1 ވަނަ ހޯދާފައެވެ.

މިދިޔަ އަހަރުގެ އެލެވެލް އިމްތިޙާން ގައި މުޅި ރާއްޖެއިން 1 ވަނަ ހޯދި ޢަބްދުﷲ ފިރުޒާން އަޙްމަދަށް ރައީސް އިނާމް ހަވާލުކޮށްދެއްވަނީ

ޢަބްދުﷲ ފިރުޒާން އަޙްމަދު 12 ކޭ ވަނީ، އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 2 ވަނަ ހޯދައި، އެކައުންޓިން އިން މުޅި ދުނިޔެއިން 4 ވަނަ އަދި ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 9 ވަނަ ހޯދާފައެވެ.

އާދަމް ނާއިޝް ނަސީމް 12 އެލް ވަނީ، އެކައުންޓިން އިން މުޅި ދުނިޔެއިން 2 ވަނަ ހޯދާފައެވެ. ރަޒާން އިބްރާހީމް ރަޝީދު 12 އެލް ވަނީ، އެކައުންޓިން އިން މުޅި ދުނިޔެއިން 3 ވަނަ ހޯދާފައެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިޙާން ގައި މުޅި ރާއްޖެއިން 1 ވަނަ ހޯދި ޔުމްނު ޔަމަން ޢަލީ އަށް ރައީސް އިނާމް ހަވާލުކޮށްދެއްވަނީ

ޔުމްނު ޔަމަން ޢަލީ 12 ޖޭ ވަނީ، އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 4 ވަނަ އަދި ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދާފައެވެ.

ޢައިޝަތު ހަމްޔާ އިސްމާޢީލް 12 އެޗް ވަނީ، ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދާފައެވެ.

މަތީ އަރުތަވެރިންގެ އިނާމު ހާޞިލް ކުރި ބައެއް ދަރިވަރުން. ކިޔަވައިދެއްވި ބައެއް މުދައްރިސުންނާއެކު…

ތަރިންދު ގިމްހަނަ ބަންޑާރަ ވަންނި އައްޗިލަގެ 12 ޖީ ވަނީ، ބަޔޮލޮޖީ އިން މުޅި ދުނިޔެއިން 8 ވަނަ ހޯދާފައެވެ.

ޢައިޝަތު މަލްހާ ޒުހާން 12 ބީ ވަނީ ބިޒިނަސް ސްޓަޑިޒް އިން މުޅި ދުނިޔެއިން 8 ވަނަ ހޯދާފައެވެ.

އާމިނަތު އައިފާ 12 ސީ ވަނީ މެތަމެޓިކްސް އިން މުޅި ދުނިޔެއިން 9 ވަނަ ހޯދާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *