މުސްޢަބް، ޙާފިޒު ކަމުގެ ސަނަދު ޙާޞިލުކުރީ 1 ވަނަ ދަރަޖައިގައި ފާސްވެގެން

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7 ޑީ ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ މުސްޢަބް ބިން ފައިޞަލް ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކޮށްފި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 13 އަހަރުގެ މުސްޢަބް ބިން ފައިޞަލް އާއި އެދަރިވަރުގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ މުސްއަބްއަށާއި މުސްޢަބްގެ މައިންބަފައިންނަށް ތަހުނިޔާ ވިދާޅުވެ، ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

މުސްޢަބް ވަނީ 31 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *