ލިޓްލްމެއިޑް "ހިޔަލަ" ކޭމްޕް ބާއްވައިފި!

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރައިމަރީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލިޓުލްމެއިޑްގައި އުޅޭ ދަރިވަރުންގެ ކޭމްޕް ބާއްވައިފިއެވެ. ހިޔަލައިގެ ނަމުގައި މި ބޭއްވި ކޭމްޕަކީ ދަރިވަރުން ލިޓްލްމެއިޑްގައި ފުރިހަމަ ކުރަންޖެހޭ ބެޖުތަކެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބޭއްވި ކޭމްޕެކެވެ.

އެގޮތުން މި ކޭމްޕް ބޭއްވިފައިވަނީ އެއް ދުވަހުގެ މުއްދަތަށެވެ. މި ކޭމްޕް ބޭއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ. މި ކޭމްޕްގައި ދަރިވަރުންނަށް ތަފާތު ޕްރޮގްރާމުތައް ރާވައި ހިންގުނެވެ. އެގޮތުން  އަލިފާނުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނަކާއި ފަސްޓްއެއިޑާއި ބެހޭ ގޮތުން މައުލޫމާތު ދެވުނެވެ. މީގެއިތުރުން މަގުމަތީގެ ގަވައިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި ވެސް މައުލޫމާތު ދެވުނެވެ. ހަމައެއާއި އެކު ދަރިވަރުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ކަސްރަތު ސެޝަނެއް ވެސް ކުރިއަށް ގެންދެވުނެވެ.

މި ފަދަ ކޭމްޕްތަކުގެ ސަބަބުން ދަރިވަރުން ކަންކަމަށް ހޭލުންތެރިވެ ދިރިއުޅުމަށް ތައްޔާރު ކުރެވިގެންދެއެވެ. މީގެ އިތުރުން އެއް ދަރިވަރަކު އަނެއް ދަރިވަރަކާއި އޮންނަގުޅުން އިތުރަށް ބަދަހިވެ، ގަޑިއަށް ކަންކަން ކުރުމުގެ ރީތިއާދަ ދަރިވަރުންގެ ގައިގައި އަށަގެންނުވެއެވެ. ހަމައެފަދައިން އަމިއްލަނަފުސަށް އޮންނަ އިތުބާރު އަށަގަނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *