ޕްރީ ޕްރައިމަރީގެ ޕޮޔަމް ކޮމްޕެޓިޝަން ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ އަދި ޕްރައިމަރީގައި ކިޔަވަމުންދާ ދަރިވަރުންގެ އިންޓަރކްލާސް ޕޮޔަމް ކޮންޕެޓިޝަން މިމަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވައިފިއެވެ. މި ކޮންޕެޓިޝަންގެ މަޤްޞަދަކީ ދަރިވަރުންގެ ހުނަރުތައް ދައްކާލުމެވެ. މި މުބާރާތް ބޭއްވުނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މި މުބާރާތް އިންސާފު ކޮށްދެއްވީ ސެކަންޑަރީގެ ބައެއް ޓީޗަރުންނާއި އެކު ޕްރައިމަރީގައި ލިޓަރޭޗަރ ކިޔަވާދެއްވާ ދެބޭފުޅުންނެވެ.

މި ޕޮޔަމް ކޮންޕެޓިޝަންގައި ކޮންމެ ކްލާހެއްގެ ހުރިހާދަރިވަރުންގެ ހުށައެޅުމަކާއެކު ވަކިވަކި ދަރިވަރުންގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ. ކޮންމެ ކުލާހަކުން ވެސް ތަފަތު ޕޮޔަމެއް ތައްޔާރުކުރެވި ދަރިވަރުން އެ ޕޮޔަމަކާ ގުޅޭގޮތުން ޕްރޮޕްސްއާއެކު ހުށައެޅުންތައް ފެނިގެންދިޔައެވެ.

މީގެއިތުރުން ކްލާސް ލެވެލް ގެ ޕޮޔަމްއާއި ވަކިވަކި ދަރިވަރުންގެ ގޮތުގައި ހުށައަޅާދިން ޕޮޔަމްތަކުން ޢިބްރަތެއް ގެނެސްދދީފައިވާކަން ފާހަގަކުރެވެއެވެ.

މި ކޮންޕެޓިޝަންގެ އޯޑިއަންސްއަކަށް ތިއްބެވީ އެ ކްލާހެއްގެ ބެލެނިވެރިންނެވެ. މި ކޮންޕެޓިޝަން ބާއްވާފައިވަނީ ސްކޫލްގެ ހޯލުގައެވެ. މިއީ ވަރަށް ކުރު މުއަދަތެއްގައި ދަރިވަރުންނަށް ޕްރެކްޓިސްދީގެން ބޭއްވުނު ކޮންޕެޓިޝަނެކެވެ. މިފަދަ ކޮންޕެޓިޝަންތަކުން ދަރިވަރުންގެ ތަފާތު ހުނަރުތައް ފެނިގެންދެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *