އާނީ ބަރާބަރަށް ޒިންމާ އަދާކުރާނެ!

މިފަހަރު މަތީ ސާނަވީ ކެޕްޓަންކަމަށް ވާދަކުރާ އިސްމާއިލް އާނީ މާޒަކީ ކުދިންނަށް އިހްތިރާމް ކުރާ ހިތްހެޔޮ ދަރިވަރެކެވެ. އުފަންރަށުގައި ގުރޭޑް 7 އާ ހަމައަށް ކިޔެވުމަށްފަހު މާލެ އައިސް އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލާއި ގުޅުނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. އާނީގެ އެކުވެރިން ބުނާ ގޮތުގައި އާނީ އަކީ ކްލާހުގައިވެސް ކުދިންނަށް އެހީތެރިވެދީ ކަންކަމުގައި ފަސްނުޖެހޭ ހީވާގީ ދަރިވަރެކެވެ. ސްކޫލް ދައުރުގައި ކިޔެވުމަށް ޚާއްޞަ އަހައްމިޔަތުކަމެއް ދިނުމުގެ އިތުރުން އާނީ އަކީ އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ރޮނގުންވެސް ކުރިއެރުން ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރާ ނަމޫނާ ދަރިވަރަކެވެ. އެގޮތުން އާނީ ސާނަވީ ދައުރު ނިންމާލިއިރުވަނީ އޯލެވެލް ގެ ގަދަ ދިހައެއްގެ ތިންވަނަ ހާސިލުކޮށް، އަޙްމަދިއްޔާގެ އިންޓަސްކޫލް ފުޓްބޯޅަ ޓީމުވެސް ތަމްސީލު ކޮށްދީފައެވެ.

ކެންޑިޑޭޓް ނަންބަރު 5 ކަމުގައިވާ އިސްމާއިލް އާނީ ކެޕްޓަންކަމަށް ހޮވަންވީ ގިނަ ސަބަބުތަކެއް ވާއިރު ފާހަގަކޮށްލެވޭ ސަބަބުތަކަކީ، އާނީ އަކީ ކުދިންނަށް އިހްތިރާމް ކުރާ، ހަވާލުކުރެވޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުގެ އިތުރުން ކަންކަމުގައި އިސްނަގާ، އުފެއްދުންތެރި ދަރިވަރަކަށް ވުމެވެ.

އާނީ ދެކޭގޮތުގައި އާނީ އަކީ ސްކޫލް ކުރިއަށްވުރެ ރަނގަޅުކޮށް ސްކޫލަށް ރީތިނަން ހޯދއިދިނުމުގެ ގާބިލުކަން ހުރި ދަރިވަރެކެވެ. މީގެ އިތުރުން އާނީ ވަނީ ދަރިވަރުންގެ ޝަކުވާތަކާއި އިހްސާސްތައް އަޑުއަހާ ދަރިވަރުންނާއި އެކީ ގާތުން މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާފައެވެ.

މިޝަރަފުވެރި މަގާމަށް އާނީ ހޮވިއްޖެނަމަ މި ދިރާސީ އަހަރު ވެގެންދާނީ ކިޔެވުމާއި ކުޅިވަރުގެ ރޮނގުންވެސް ކުރިއަށްވުރެ ހަލުވިކަމާއިއެކު ސްކޫލް ކުރިއަރައިދާނެ އަހަރަކަށެވެ. އެގޮތުން އާނީގެ އުއްމީދަކީ އިންޓަރ ކްލާސް ފުޓްސަލް އާއި ހޭންޑްބޯޅަ ކުރިއަށްވުރެ ފުރިހަމާއިއެކު  މި އަހަރުވެސް ބޭއްވުމެވެ. މީގެ އިތުރުން ހައުސްތަކުގެ މެދުގައި އިންޓަރހައުސް ފުޓްބޯޅަ އާއި އިންޓަރހައުސް ވޮލީ މުބާރާތެއް ބާއްވައި އީސްޕޯޓްސް އަށް ޝައުގުވެރިވާ ކުދިންނަށް އޭއޭ . އެފްސީ މުބާރާތެއް ބޭއްވުމަކީވެސް އާނީގެ އުއްމީދެކެވެ. އާނީ ވަޢުދުވަނީ އަޙްމަދިއްޔާއަކީ ކިޔެވުމަށްފަހި، ހިތްފަސޭހަ އަދި މަޖާ މާހައުލަކަށް ހަދައިދިނުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *