2019 ވަނަ އަހަރުން ފެށިގެން މިއަދާހަޔަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާސިލް ކުރަމުން އަންނަ މުޙައްމަދު އަލްސަން އަޙްމަދު ނަޖާޙަކީ ސްކޫލު ކެޕްޓަން ކަމަށް އެންމެ ކުފޫ ހަމަވާ ދަރިވަރެވެ. ސަބަބަކީ އަލްސަނަށް މި ސްކޫލަކީ އާ ތަނެއް ނޫނެވެ. އެންމެންނަށް ވެސް ދެކެ ފަރިތަ މޫނެކެވެ. އަލްސަނަކީ ކުރިން ވެސް ހިޔާ ރެޕްރެސެންޓޭޓިވްގެ މަޤާމު އަދާކޮށްފައިވާ ތަޖުރިބާހުރި އިސްވާރެކެވެ. ދަރިވަރުންނާއެކު ގުޅިގެން މަސައްކަތްކުރުމުގައި ތަޞައްވުރާއި ޙިކުމަތާއި ހިންމަތް ގެންގުޅޭ ދަރިވަރެކެވެ. ދަރިވަރުންގެ އަޑުއަހާ ދަރިވަރުންގެ އަޑު ފޯރުކޮށްދިނުމަށް ޓަކައި ތައްޔާރަށް ހުރި ދަރިވަރެކެވެ.
އަލްސަންގެ ވަޢުދުތައް
* އަޙްމަދިއްޔާ – ފަލަސްތީން ފަންޑެއް ބަހައްޓައި ދޭނަން
* ކެންޓީނުގެ ޚިދުމަތް ރަނގަޅުކުރުން
* ޔޫއެފާ ނޭޝަންސް ލީގު ފައިނަލް މެޗު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ބޮޑު ސްކްރީނުން ބަލައިލެވޭނޭ އިންތިޒާމު ހަމަޖައްސާނަން
* އިންޓަރ ހައުސް ބާސްކެޓް ބޯޅަ މުބާރާތެއް ބޭއްވުން (ފިރިހެން އަދި އަންހެން ވަކިން)
* އިންޓަރ ހައުސް ކެއްކުމުގެ މުބާރާތެއް ބޭއްވުން
* އިންޓަރ ކުލާސް ފުޓްސަލް އަދި ހޭންޑު ބޯލް މުބާރާތެއް ބޭއްވުން
* އީ-ސްޕޯރޓު މުބާރާތެއް ބޭއްވުން ( ފީފާ އަދި ކޯލް އޮފް ޑިއުޓީ)
* ސްޑޫޑެންޓު ނައިޓެއް ބޮޑުބެރު ފޯރި އާއިއެކު ބޭއްވުން
* އިންޓަރ ހައުސްގެ މެދުގައި ފޯރިގަދަ ހިޔާ ޢީދެއް ބާއްވާނަން
މި ހުރިހާ ވަޢުދުތަކަކީ އަލްސަނަށް ފުއްދޭނެ ވަޢުދުތަކެއްކަން ޔަޤީން ކަށަވަރެވެ. ސަބަބަކީ އެހެން ކެޕްޓަނުންނާއި ޚިލާފަށް އަލްސަން ދަރިވަރުންގެ ކެޕްޓަނަކަށް ވެއްޖެނަމަ އިންތިޚާބު ކުރެވޭ ފުރަތަމަ ހަފުތާ ތެރޭގައި އެކަޑަމިކް ކަލަންޓަރެއް އުފައްދާ ތިޔަ ދަރިވަރުންނަށް ހިއްސާކުރާނަމެވެ.
ނިމިދިޔަ އަހަރު އަލްސަން ހޯދައިފައިވާ ކާމިޔާބީތައް
* 18 އަހަރުން ދަށުގެ އުމުރުފުރައިގެ ޤައުމީ ރާޒުވާ ކުޅުންތެރިއެއް. (މުބާރާތުން 4 ވަނަ)
* އިންޓަރ ސްކޫލް ރާޒުވާ މުބާރާތުން ޖެހިޖެގެން 3 އަހަރު އަޙްމަދިއްޔާ ތަމްސީލުކޮށް 3 ވަނަ ހޯދުން
* ހިޔާ ޢީދުގައި ބައިވެރިވުން
* ގްރޭޑު 11 ގެ ދެ ޓާމުގައިވެސް ކޮމެންޑެޑް ރިޕޯޓު ހޯދުން
* ސްޑޫޑެންޓް ޖާނަލިސަމް ޕްރޮގްރާމް ފުރިހަމަކުރުން
* ފާއިތުވި 2 ޤައުމީ ޅެން ހެދުމުގެ މުބާރާތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ތަމްސީލުކުރުން
* އިންޓަ ކުލާސް ފުޓްސަލް މުބާރާތުގައި ބައިވެރިވުން
ހަމައެކަނި ކާމިޔާބީ ލިސްޓު ބަލާލުމުންވެސް އަލްސަންގެ ޤާބިލުކަން ހާމަވެއެވެ. މި ކާމިޔާބީގެ އިތުރުންވެސް އަލްސަން ވަނީ އައިސް ކްރީމް ޑޭއާއި ސްކޫލު ތަމްސީލު ކުރުމުގެ ގޮތުން އެތައް ފޯރަމަކަށް ހާޒިރުވެފައެވެ. އަދި ދާދި ފަހުން ނިމިދިޔަ އޯލެވެލް ހިޔާ ޢީދުގައި ހައުސަށް ކޯޗުކޮށް ދިނުމުން އަލްސަނަކީ ސާފު ހިއްސާދާރުވެރިއެއް ނޫން ތޯއެވެ؟
ކެނޑިޑޭޓް ނަންބަރު 6 ކަށް ވޯޓު ދޭންވީ ސަބަބު
މިފަހަރު ކެޕްޓަންކަމަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން އަޙުމަދިއްޔާގައި އެންމެ ގިނަ ދުވަސްވީ އެއް ދަރިވަރަކީ އަލްސަނެވެ. ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހަ ސިފައަކުން އަލްސަން ވަނީ ޖަރީކުރެވިފައެވެ. އަލްސަން ތިޔަ ކުދިންގެ ކިބައިން އެދެނީ ފުރުޞަތަކަށެވެ. ދަރިވަރުންގެ ކެޕްޓަނަކަށް ވާން އަލްސަން ހުރީ ފަސް ޖެހުމެއްނެތި، ދަރިވަރުންގެ ޙައްޤުގައި އިތުރު ހަރުފަތަކަށް ދިއުމަށް ދަތުރު ފަށަން ހޭވައްލާ ތައްޔާރަށެވެ.