ބުރާސްފަތި, 24 އޭޕްރިލް 2025

އަޙްމަދިއްޔާގެ ފަޖުރުތަރިއަށް ވުމަށް، ދަނީ ބާރަށް ކުރިއަށް!

މަތީ ސާނަވީ ތަޢުލީމު، އައު އަހަރަކަށް ދީލައިލައިފައިވާ އިރުގައި، ސްކޫލުގެ އެކިއެކި މަޤާމްތަކަށް ކުރިމަތިވުމުގެ މޫސުމުގެ ބަހާރު ވަނީ އަތުވެފައެވެ. ހަމައެއާއިއެކު ސްކޫލުގެ އެންމެ ޝަރަފުވެރި މަޤާމު ކަމުގައިވާ، ސްކޫލުގެ ކެޕްޓަންކަމަށް ދަރިވަރުން ކުރިމަތިލަމުންދާ މި ވަގުތުކޮޅުގައި  އެކިއެކި ކެންޑިޑޭޓުންނާއި މެދު އުފެދިދާނޭ ސުވާލުތައް ހުންނާނެއެވެ. މި އެންމެހާ ސުވާލުތަކަށް އެދެވޭ ޖަވާބެއް ދިނުމަށްފަހު، އެ ކެންޑިޑޭޓަކަށް އިތުބާރު ހިފޭކަން ސާބިތުކޮށްދިނުމަށްޓަކައި  ކުޑަ ބަސްކޮޅެއް ޝާއިއުކޮށްފައިވަނީ، ކެންޑިޑޭޓް ނަމްބަރު 1، 12 -ޑީ ގެ ދަރިވަރު މުޙައްމަދު އިކްޝާން އިހުސާނެވެ.

އިކްޝާނަކީ ކާކު؟

އެންމެންނާއި ގުޅިގެން މަސައްކަތްކުރުމަށް ލޯބިވާ  އިކްޝާނަކީ ސްކޫލުގެ އިތުރުހަރަކާތްތަކާއި ކިޔެވުމުގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. ވޯލްޑް ސްކޮލާސް ކަޕް، ހިޔާ ޢީދު އަދި ޅެންހެދުމުގެ މުބާރާތް ފަދަ އެކިއެކި ހަރަކާތްތަކުގައި ސާބިތުކަމާއިއެކު ބައިވެރިވެ، ރަންވަނަތަކެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރަމުންދާ ފަހުލަވާނެކެވެ. ކާމިޔާބީތަކުން ފިލާވަޅުނަގައި، ނާކާމިޔާބީތަކާއި ދިމާވާން މަޖުބޫވިކަމުގައިވީ ހާލަތުގައި، ހިތްވަރު އެލުވައިނުލާ، އައު އަޒުމަކާއި އެކު، ބާރުމިނެއްގައ ކުރިއަށް ދެއެވެ. އިކްޝާން  ސްކޫލުގެ ކައްޕިތާނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކުރިމަތިލަމުން ގެންދަނީ  މި ސްކޫލުގައި ތަޢުލީމު އަދާކުރަމުންދާ ދަރިވަރުންނަކީ ހުރިހާ ރޮނގަކުންވެސް ފާހަގަކޮށްލެވޭފަދަ ބައެއްކަން އެންމެންނަށްވެސް ޔަޤީންވާވަރުގެ ކަންތައްތަކެއް ފެއްޓުމަށްޓަކައެވެ.

ސްކޫލުގެ ކައްޕިތާނަށް ވުމަށްފަހު ދެން ކޮށްދޭނީ ކޮން ކަންތައްތަކެއް؟

ވަކި ވައްތަރެއްގެ މުބާރާތެއް ނުވަތަ ޙަރާކާތެއް ބޭއްވުމަށް ވަޢުދުނުވެ،  ސްކޫލުގެ ދަރިވަރުންގެ ލަފައާއި ތާއީދުގެ މައްޗަށް ބިނާކޮށް ، ސްކޫލުގެ ތާރީޚުގައި ނުދެކޭވަރުގެ ހަރުފަތެއެްގައިވާ ހަރަކާތްތަކެއް ހިންގުމަށް އިކްޝާން ރާވައިފައިވެއެވެ. އަދި ސްކޫލުގައި ހިންގާނޭކަމަށް އެއްވެސް ހަރަކާތަކަށް އާނބަސް ނުބުނިކަމުގައިވިޔަސް، އެއްވެސް ފޮރުވުމެއްނެތި  އެފަދަ ހަރަކާތްތަށް ބޭއްވުމުގައި ހުރިނެތްގޮތް ކިޔައިދީ،  ކުދިންގެ ވާހަކަތަކަށާއި މުހުތާދުތަކަށް ކަނުލާ އަޑުއަހައި، އެ ޝަކުވާތަކަށް ދާއިމީ ހައްލެއް ގެނަުމަށް މަސައްކަތްކުރާނޭކަމުގެ ފުރިހަމަ ޔަޣީންކަން ދެއެވެ.

އިކްޝާނުގެ އުއްމީދަކީ ކޮބާ؟

މި އިލެކްޝަނުން އޭނާއަށް ކުރެވޭ އުންމީދަކީ ސްކޫލުގައި ކިޔަވަމުންދާ އެކިއެކި ދަރިވަރުން، އެ ކުދިން ގަޔާވާފަދަ ރޮނގުތަކުން ކުރިއަށް ދިއުމުގެ މަގު ކޮށައިދީ، ކުރިއަށް އޮތް މުސްތަޤުބަލުގައިވެސް  ފަޖުރުތަރިއެއް ފަދައިން ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެވޭ ، މަގުދައްކުވައިދޭ ޝަޚުސިއްޔަތަކަށް ވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *