ޑެޕިއުޓީ ކެޕްޓަނުންނަކީ ރައްޔާން އަދި އިޝްފާއު.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 12ޖީގެ ދަރިވަރު ޝުޢާޢު އިސްމާޢީލް ޝާން އަދި ޑެޕިއުޓީ ކެޕްޓަނުން ކަމަށް 12ޖޭގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސް އާއި 12ޖީގެ ޢާއިޝަތު އިޝްފާއު އިސްޙާޤް ހޮވައިފިއެވެ. މި ދަރިވަރުން މި މަޤާމްތަކަށް އިންތިޚާބުވެފައިވާކަން އިޢުލާންކުރީ މިއަދު ހެނދުނު އެކަމަށް ޓަކައި އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ އެސެމްބްލީއެއްގައި އަޙްމަދިއްޔާގެ މަތީ ސާނަވީގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރު، އަޙްމަދިއްޔާ އިންޓަަނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ޞަލާޙެވެ.
ޝުޢާޢު ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 5 ދަރިވަރުންނާ ވާދަކޮށް 64.1 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ޑެޕިއުޓީ ކެޕްޓަން ކަމަށް ހޮވުނީ ދެވަނައާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ދަރިވަރުންނެވެ.
އެގޮތުން ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނު ރައްޔާނަށް 56.9 އިންސައްތަ ލިބިފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނު އިޝްފާއަށް 45.2 އިންސައްތަ ޕޮއިންޓް ވަނީ ލިބިފައެވެ.
މަތީސާނަވީ ކެޕްޓަން ކަމަށް ވާދަކުރި ދަރިވަރުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި، އިސްމާޢީލް އާނީ މާޒަށް 42،8 އިންސައްތަ ލިބިފައިވާއިރު، ފަސްވަނައަށް ދިޔަ މުޙައްމަދު އަލްސަން އަޙްމަދު ނަޖާޙަށް ލިބުނީ 38.7 އިންސައްތައެވެ. މުޙައްމަދު އިކްޝާން އިޙްސާން ވަނީ 38.2 އިންސައްތަ ޕޮއިންޓް ހޯދާފައެވެ.
އެހެނިހެން މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ތެރެއިން ގޭމްސް ކެޕްޓަނުންނަށް ހޮވުނު ދަރިވަރުންނަކީ ގޭމްސް ކެޕްޓަން (ފިރިހެން) ކަމަށް މުޙައްމަދު ޖޫދް ޢަބްދުﷲ 12ޑީ، އަދި ގޭމްސް ކެޕްޓަން (އަންހެން) ކަމަށް ޢާއިޝަތު ލީމް ޢަބްދުލް މަޖީދު 12ސީ އެވެ. ހައުސްކެޕްޓަން ކަމަށް އިންތިޚާބުވީ ޗާނދަނީ ހައުސްގެ ކެޕްޓަން ކަމަށް މުޙައްމަދު އަލްސަން އަޙްމަދު ނަޖާޙް 12އީ، ހުވަނދުމާ ހައުސްގެ ކެޕްޓަން ކަމަށް އާލާ ޢަބްދުﷲ ނަސީރު 12ޖީ، ޖަނަވަރީ ހައުސްގެ ކެޕްޓަން ކަމަށް މުޙައްމަދު ރަޝާން ރިޝްވާން 12ޖޭ، އަދި ކާމިނީ ހައުސްގެ ކެޕްޓަން ކަމަށް ޢާއިޝަތު ޝަދާ ޢަބްދުލް ސަމަދު 12ޖީއެވެ. ޤުރުއާން ކްލަބުގެ ރައީސާއަކަށް ހޮވުނީ ޢާއިޝަތު ޔޫން މިނާމް 12ސީއެވެ. ސައިންސް ކްލަބުގެ ރައީސާއަކަށް ހޮވުނީ އާމިނަތު ރާނިޔާ ޢަބްދުލް މުއެްޠަލިބް 12އޭއެވެ. ބިޒްނަސް ކްލަބުގެ ރައީސާއަކަށް ހޮވުނީ އަމީރާ މުޙައްމަދު 12ޖީއެވެ. އެންވަޔަރަމެންޓް ކްލަބުގެ ރައީސާއަކަށް ހޮވިފައި ވަނީ 12ބީގެ އާނާ ޢަބްދުﷲ ޒަކީއެވެ. ހިއުމަން ރައިޓްސް ކްލަބުގެ ރައީސާއަކަށް ހޮވުނީ އާމިނަތު އަލްޔާ ނަވީން، 12ސީ އެވެ. އަޙްމަދިއްޔާގެ އިނގިރޭސި އަދަބީ ޖަމިއްޔާ ކަމަށްވާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ)ގެ ރައީސަކަށް ހޮވިފައި ވަނީ މުޙަެއްމަދު މައުސިލް އަޙްމަދު ޤާލިބް 12އީއެވެ. ދިވެހި އަދަބީ ޖަމިއްޔާ "ހިޔާ"ގެ ރައީސާއަކަށް ހޮވުނީ 12ސީގެ އާމިނަތު މަޝަކް ވަޙީދެވެ. އަދި މީޑިއާ ކްލަބުގެ ރައީސަކަށް ހޮވިފައި ވަނީ ޖައުފަރު ސިއްދީޤް އަޙްމަދު އިޚްތިޔާރު 12އެފްއެވެ.
އަޙްމަދިއްޔާގެ މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލްގެ އިންތިޚާބު ބާއްވާފައި ވަނީ މި މަހުގެ 5ވީ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބުގައި ތަފާތު 17 މަގާމަކަށް 33 ދަރިވަރުން ވާދަކޮށްފައިވެއެވެ.