އޭލެވެލްގެ އިކޮލޮޖީ ދަތުރު ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ  ގްރޭޑް 12ގެ ދަރިވަރުން ހުކުރުދުވަހު ކ.ހުރާއަށް ޒިޔާރަތްކޮށްފިއެވެ. ބަޔޮލޮޖީގެ އިކޮލޮޖީ އާއި ބެހޭ ބައިތައްް ދަސްކޮށް، އޭގެ ޕްރެކްޓިކަލްތައް ހަދަން ދަސްކުރުމަށް ޓަކައި ބޭއްވި މި ދަތުރުގައި 149 ދަރިވަރުންނާއި 26 މުދައްރިސުން ބައިވެރިވިއެވެ.

މި ދަތުރުގައި ހުރާގެ އެކިއެކި ދިރުންތަކާ ބެހޭ މަޢުލޫމާތު ދަރިވަރުން ހޯދިއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުވައްތަރުގެ ގަސްގަހާގެހީގެ ބާވަތްތައް ދެނެގަނެ އެގަސްތަކާ ބެހޭ މަޢުލޫމާތު ހޯދިއެވެ އޭގެ ތެރޭގައި ކުޅީގައި ދިރިއުޚޭ ކަކުނި ހޮރު ފެތުރިފައިވާ ގޮތް (ޑިސްޓްރިބުޝަން)  ވަނީ ހޯދާފައެވެ. މި ދަތުރުގައި ހުރާގެ އެކި އެކި ދިރުންތަކާ ބެހޭ މަޢުލޫމާތު ދަރިވަރުން ހޯދިއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރު ވައްތަރުގެ ގަސްގަހާގެހީގެ ބާވަތްތައް ދެނެގަނެ އެގަސްތަކާ ބެހޭ މަޢުލޫމާތު ހޯދިއެވެ އަދި ކޮޑްރެޓްސް ބޭނުންކޮށްގެން ވިނައާއި ތަފާތު ގަސްތައް ފަޅާފައި ހުރި ސަރަހައްދުތައް ބަލައި ދިރާސާކުރުމުގެ އިތުރުން، މަސްކާށިދޫނީގެ އާބާދީ އާއި މަސްކާށިދޫނި އުޅޭ ސަރަހައްދުތައް ބަލައި ދިރާސާކުރިއެވެ.

މި ދަތުރުގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން 'އަޙްމަދިއްޔާ1982′ އަށް މައުލޫމާތުދެމުން މަތީ ސާނަވީ ގޭމްސް ކެޕްޓަން މުޙައްމަދު ޖޫދް ޢަބްދުﷲ ފާހަގަކުރި  ގޮތުގައި މި ދަތުރަކީ ބަޔޮލޮޖީ އިމްތިހާނަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. އެގޮތުން،  މި ދަތުރުގައި ދަސްކޮށްދިން ކަންކަމަކީ އިމްތިހާނު ސުވާލު ކަރުދާހުގައި ދޭނެޖެހޭ ޖަވާބަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށް ޖޫދް ފާހަގަކުރިއެވެ. މީގެއިތުރުން ވެސް، ވަރަށް ގިނަ އައު މައުލޫމާތު ލިބި، އާ އެތައް ތަޖުރިބާއެއް ކުރެވުނުކަން ޖޫދް ފާހަގަކުރިއެވެ.

"އިކޮލޮޖިކަލް ސާމްޕްލިންގ ފަދަ ވަރަށް ބައިވަރު ޓެކްނީކްސް ދަސްވި މި ދަތުރުން. ވަރަށް ބޮޑަށް އެނގިއްޖެ މި ޓެކްނިކްސް. އެއީ ކުލާހުގަ ރަނގަޅަށް ދެނެގަނެވޭނެ ކަންކަމެއް ނޫން. ޓެސްޓުގަ ސުވާލު އަންނާނެ ރިއަލް ލައިފް ސްޓަޑީތަކާ ގުޅުވައިގެން. އެހެންވީމަ، މި ގޮތަށް ޕްރެކްޓިކަލް ސްޓަޑީއެއް އަމިއްލައަށް ހެދުމުގެ ފުރުސަތު ލިބުނީމަ އެފަދަ ސުވާލުތަކުގަ ހުންނަ ސްޓަޑީތައް ކުރިޔަށް ގެންގޮސްފަ ހުރި ގޮތް ނަގައިގަންނަން ވަރަށް ފަސޭހަވި." ޖޫދް ބުންޏެވެ.

އަޙްމަދިއްޔާއިން ކޮންމެ އަހަރަކު ވެސް ގްރޭޑް 12ގެ ދަރިވަރުންނަށް މި ފަދަ އިކޮލޮޖީ ދަތުރެއް ބާއްވައެވެ. ވޭތުވެދިޔަ އަހަރު ވެސް މި ދަތުރު ގޮސްފައި ވަނީ ހުރާއަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *