އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގްރޭޑް 10،9،8،7 ގެ ދަރިވަރުންގެ ފަހު އިމްތިހާން މިއަދު ފެށިއްޖެއެވެ. ގްރޭޑް 7 އަށް މިއަދު އޮތީ އިސްލާމެވެ. ގްރޭޑް 7 ގެ ދަރިވަރުންނަށް މާދަމާ އޮންނާނީ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް އެވެ. ގްރޭޑް 7 ގެ ދަރިވަރުންނަށް އިމްތިޙާން ނިމޭނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހު އޮންނާނީ ކޮންބައިން ބިޒިނަސް (އެކައުންޓިންގ) އެވެ.
ގްރޭޑް 8 އަށް މިއަދު ހެނދުނު 8:00 ގައި އޮތީ ލިޓްރޭޗަރ އިން އިންގްލިޝް އެވެ. މާދަމާ އޮންނާނީ އިސްލާމް ކަރުދާހެވެ. ގްރޭޑް 8 ގެ ޓެސްޓް ނިމޭނީ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. އެދުވަހު އޮންނާނީ ހިސާބު ކަރުދާސް 2 އެވެ.
ގްރޭޑް 9 އަށް މިއަދު އޮތީ ދިވެހިބަހުގެ ކަރުދާސް 1 އެވެ. ގްރޭޑް 9 އަށް މާދަމާ އޮންނާނީ، އިސްލާމް ކަރުދާސް 2 އެވެ. ގްރޭޑް 9 އަށް އިމްތިހާން ނިމޭނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
ގްރޭޑް 10 އަށް މިއަދު ހެނދުނު 7:30 ގައި އޮތީ އިސްލާމް ކަރުދާސް 2 އެވެ. މާދަމާ ހެނދުނު 7:30 ގައި އޮންނާނީ އިސްލާމް ކަރުދާސް 1 އެވެ. ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ ހެނދުނު 9:45 ގައެވެ. ގްރޭޑް 9 އަށް އިމްތިހާން ނިމޭނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އިމްތިހާން ނިމުމަށްފަހު ދަރިވަރުންނަށް ކަރުދާސްތައް ދެއްކުން އޮންނާނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.