ބުރާސްފަތި, 24 އޭޕްރިލް 2025

މަތީސާނަވީ ދަރިވަރުންގެ ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ކައުންސިލް އިފްތިތާޙްކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ނައިބު އައްޝައިޚް މުތީއު އިސްމާޢީލް މުޙައްމަދެވެ.

ކީރިތި ގުރުއާނުގެ ބަރަކާތުން ގްރޭޑް 11ސީގެ ދަރިވަރު ސާރާ ބިންތި ޢަބްދުﷲ ފަށައިދިން މި ޖަލްސާ ހުށަހަޅައިދިނީ 11ސީގެ ދަރިވަރު އިންޝާ އިމްރާނެވެ. ޕްރިފެކްޓުންނަށް ހުވާލައިދެއްވީ ޝަރަފުވެރި މެހެމާނު އައްޝައިޚް މުތީއު އިސްމާޢީލް މުޙައްމަދެވެ.

ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި މިއަދު ސްކޫލުގެ އިސް މަގާމްތަކުގައި މި ތިބި ދަރިވަރުންނަކީ މާދާމާ ގައުމުގެ ކަންކަމާ ހަވާލުވާން ތިބި ކުދިން ކަަމަށް ވާތީ މިކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމުގެ މުހިއްމުކަން ފާހަގަކޮށް، ގައުމަށް ބޭނުންތެރި ދަރިވަރުންނަށް ވުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަދެއްކީ މިއަހަރުގެ މަތީ ސާނަވީ ކެޕްޓަން 12ޖީގެ ޝުޢާއު އިސްމާޢީލް ޝާނެވެ.

ޖަލްސާ ނިމުނީ ޤައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *