ބުރާސްފަތި, 24 އޭޕްރިލް 2025

"އަޙްމަދިއްޔާ 1982″ އަޙްމަދިއްޔާގެ ތާރީޚުގެ އެހާރާއި މިހާރުގެ ޞަފުޙާތަކަށް…!

[އަޙްމަދިއްޔާ 1982] އަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ހަރަކާތްތައް ވީހާ ފުޅާ ދާއިރާއެއްގައި ހާމަކުރުމުގެ މަގުސަދުގައި ނެރެވޭ އޮންލައިން ނޫހެކެވެ. މިއީ، ރާއްޖޭގެ މަދަރުސާއަކުން ރަސްމީކޮށް ރަޖިސްޓަރީ ކޮށްގެން ނެރެވޭ ފުރަތަމަ އޮންލައިން ނޫސްކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ތާރީޚުގެ ފަތްފުށްތައް ހެކިދޭ ގޮތުން އަޙްމަދިއްޔާއަކީ، ރައީސް މައުމޫން ރާއްޖޭގެ ތަޢުލީމް ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން މާލޭގެ އަވަށެއްގެ ރައްޔިތުންގެ ފަރާތުން މާލޭގައި އުފެދުނު އެންމެ ފުރަތަމަ އަވަށު މަދަރުސާއެވެ. އެހެންކަމުން މަދްރަސަތުލް އަޙްމަދިއްޔާ މިހާރުގެ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ނަން ދިވެހި ތާރީޚުގައި ލިޔެވިފައިވާނީ، އެންމެ ގިނަ ދުވަސްވީ އަވަށު މަދަރުސާގެ ގޮތުގައެވެ.

އަހުމަދިއްޔާ

"އަޙްމަދިއްޔާ 1982″ އޮންލައިން ނޫސް ތަރައްގީ ކޮށް ކުރިޔަށް ގެންދިއުމާއި މުއްސަނދި ކުރުމުގެ ފުރުސަތު އަޙްމަދިއްޔާއަށް ނިސްބަތްވާ އެންމެންނަށް ލިބިގެންވެއެވެ. މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަށެވެ. މުދައްރިސުންނާއި ހިންގުންތެރިންނަށެވެ.

އުންމީދަކީ، މި ނޫހަކީ، އަޙްމަދިއްޔާގެ ތާރީޚުގެ އެހާރާއި މިހާރުގެ ޞަފްހާތަކަށް ހުޅުވައިލެވުނު މާރެހަކަށް ވެގެން ދިއުމެވެ. ދަރިވަރުންގެ ހިތްވަރާއި ކާމިޔާބީތައް މިނޫހުގެ ޞަފްޙާތަކުން ކިޔުންތެރީންނަށް  އެނގެމުން ދިއުމެވެ. ލިޔުންތެރިކަމުގެ ހުނަރާއި އަދަބީ އުފެއްދުންތައް މިނޫހަށް ޖަމާވަމުން ދިއުމެވެ. ބެލެނިވެރިންނާއި ދަރިވަރުންނާއި އިސް ދަރިވަރުންނާއި ސްކޫލާދެމެދު އެޅޭ މަޢުލޫމާތުގެ ފާލަމަކަށް މިނޫސްވެގެން ދިއުމެވެ.

 

2 Responses

  1. އަޙްމަދިއްޔާ އިން މިފެށީ ވަރަށް މުހިއްމު މަސައްކަތެއް. ޚަބަރުތައް ތާޒާކަމާއެކު ލިބޭނެ މަސައްކަތެއް. ޝުކުރިއްޔާ.

  2. އަޙްމަދިއްޔާއިން ތިޔަ ފެށި މަސައްކަތުގައި ބަރަކާތް ލައްވާށި!

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *