އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިއަހަރު ބޭއްވި ސާނަވީ ހިޔާޢީދު ގެ އަދަބީ ތަރިއަކަށް ޖަނަވަރީ ހައުސްގެ މުޙައްމަދު ޔާނިޝް އަޙްމަދު ހޮވިއްޖެއެވެ. ޔާނިޝް އަދަބީ ތަރިއަކަށް ހޮވުނީ މިއަހަރު ހިޔާ ޢީދު ގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށް އެންމެ މަތީ ޕޮއިންޓް ހޯދައިގެންނެވެ. ޔާނިޝް އަށް 2 މުބާރާތަކުން 1 ވަނަ، 1 މުބާރާތުން 2 ވަނަ ހޯދައިގެން އަށް ޖުމްލަ 13 ޕޮއިންޓް ލިބިފައި ވެއެވެ. ގްރޭޑް 10އީ ގައި ތަޢުލީމް ޙާޞިލްކުރަމުންދާ ޔާނިޝްއަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަނެކެވެ.
މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ ކާމިނީ ހައުސްގެ ޢައިޝަތު ލަޢާލީ ޢަލީ އެވެ. 2 މުބާރާތުން 1 ވަނަ، 1 މުބާރާތުން 3 ވަނަ ހޯދައިގެން ލަޢާލީ އަށް 11 ޕޮއިންޓް ލިބިފައިވެއެވެ.
މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ ކާމިނީ ހައުސްގެ ސާރާ އިސްމާޢީލް ޝާން އެވެ. ސާރާ އަށް 1 މުބާރާތުން 1 ވަނަ އަދި 1 މުބާރާތުން 2 ވަނަ ހޯދައިގެން ޖުމްލަ 8 ޕޮއިންޓް ލިބިފައިވެއެވެ.
މިއަހަރު ނޮވެމްބަރ މަހުގެ 20 ން 23 އަށް އަޙްމަދިއްޔާގެ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ތަފާތު 14 މުބާރާތެއްވަނީ ބާއްވާފައެވެ. މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމާއި ހިޔާ ޢީދު 24-25 ގެ ނަތީޖާ ފާޅުކުރުމަށް ރޭ އަޙްމަދިއްޔާ މާލަމުގައި ބޭއްވި ޖަލްސާ ގައި ތަށްޓާއި ހަނދާނީ ލިޔުން ދެއްވީ ޝަރަފްވެރި މެހްމާން ދިވެހިބަހުގެ އެކެޑަމީ ގެ ނާއިބުރައީސް ޒުލްފާ އިބްރާހީމާއި ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ޢަލީ ޢާޞިމެވެ.
ހިޔާ ޢީދު 24-25ގެ މަޒުމޫނު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ހުވަނދުމާ ހައުސްގެ އާމިނަތު އަނާ އިރުހާފްއެވެ.
ކުރުވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ޗާންދަނީ ހައުސްގެ ޖަންނާ ޖާދުﷲ ޙަސަން އެވެ.
ބަނދި ކިޔުމުގެ މުބާރާތުންނާއި އަދަބީ ކުއިޒް މުބާރާތުން 1 ވަނަ ކާމިނީ ހައުސްގެ ޢައިޝަތު ލަޢާލީ ޢަލީ އެވެ.
އިރުޝާދުދޭ ލިޔުމުގެ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސްގެ އިމްޝާ އިޤްބާލް އެވެ.
ރައިވަރު ކިޔުމުގެ މުބާރާތުން 1 ވަނަ ކާމިނީ ހައުސްގެ ސާރާ އިސްމާޢީލް ޝާން އެވެ. އަތު ލިޔުމުގެ މުބާރާތުން 1 ވަނަ ހުވަނދުމާ ހައުސްގެ ޢައިޝަތު ލީން ޙުސައިން އެވެ.
ޚަބަރު ކިޔުމުގެ މުބާރާތުންނާއި ބަހުސް ކުރުމުގެ މުބާރާތުން 1 ވަނަ ޖަނަވަރީ ހައުސްގެ މުޙައްމަދު ޔާނިޝް އަޙްމަދެވެ. ސްޓޭޖް ޑްރާމާ މުބާރާތުގެ އެންމެ މޮޅު މުމައްސިލަކަށް ހޮވުނީ، ޖަނަވަރީ ހައުސްގެ އަޔާން އަޙްމަދު ރިޝްވާނެވެ.
ސްޓޭޖް ޑްރާމާ މުބާރާތުގެ އެންމެ މޮޅު މުމައްސިލާއަކަށް ހޮވުނީ، ޖަނަވަރީ ހައުސްގެ މަލްކާ ޢަލީ ޝާހެވެ.