އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 އިން 6 ގެ ދަރިވަރުންނަށް މާދަމާއިން ފެށިގެން އޮންލައިން ކޮށް ކިޔަވައިދޭ ގޮތަށް ނިންމައިފިއެވެ. އޮންލައިން ކޮށް ގަޑިތައް ނެގުމަށް ނިންމީ އެޑިޔުކޭޝަން މިނިސްޓްރީއިން ރޭގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެންނެވެ. އެ އިއުލާން ގައި ބުނެފައިވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތީން، ކޮވިޑްފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ގްރޭޑް 1 އިން 6 އަށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢާއިޝަތު ސީތާ ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިންވެސް އޮންލައިން ކުލާސްތައް ގެންދިޔަ ގޮތަށް ކުރިއަށް ގެންދިއުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގައެވެ.

"އެންމެ ފުރަތަމަ ލޮކްޑައުންގައި ދިޔަ ގޮތަށް ހަމަ އެޓައިމްޓޭބަލްތައް ފޮލޯވެސް ކުރާނީ. ދެދަންފަޅިއަށް ބަހާލައިގެން. ހެނދުނު ދަންފަޅީގައި ހުރިހާ އަންހެން ކުދިން. މެންދުރުފަހުގެ ދަންފަޅީގައި ހުރިހާ ފިރިހެން ކުދިން އެގޮތަށް ކުރިއަށް ދާނީ." ސީތާ ވިދާޅުވިއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ން 6 އަށް 25 ކުލާހުގައި ހަސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ގްރޭޑް 1 ގައި 5 ކުލާސް އޮންނައިރު އެހެން ކޮންމެ ގްރޭޑެއްގައި އޮންނަނީ 4 ކުލާހެވެ. ކުލާސް ތައް ބަހާލާފައިވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކި ކުލާސްތަކެއްގައި ކިޔަވައިދޭ ގޮތަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އަޙްމަދިއްޔާ އަކީ އަބަދުވެސް ނަމްބަރ 1 ސްކޫލް.