ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް ދިވެހިބަސް އަދި އިސްލާމީ ތަރުބިއްޔަތު މިދެމާއްދާއިން ދެވޭ ނަމޫނާ އިމްތިހާނު މިފެބްރުއަރީ މަހުގެ 21 ވާ އާދީއްތަ ދުވަހާއި 22 ވާ ހޯމަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން ހަމަޖައްސައިފިއެވެ. 21 ވަނަ ދުވަހު 9:00 ގައި އޮންނާނީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް 1 އެވެ. ކަރުދާސް 2 އޮންނާނީ ހަމަ އެދުވަހުގެ މެންދުރުފަހު 2:00 ގައެވެ. ދިވެހިބަސް ކަރުދާސް 1 އޮންނާނީ 22 ވަނަ ދުވަހުގެ 9:00 ގައެވެ. ކަރުދާސް 2 އެދުވަހުގެ 2:00 ގައެވެ. މިއިމްތިހާން ކުރިއަށް ގެންދާނީ ކެމްބްރިޖް އިމްތިހާންތައް ކުރިއަށް ގެންދިއުމަށް އެޑިޕާޓްމެންޓުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

މި އިމްތިހާނު މިދެވެނީ ދިވެހި އަދި އިސްލާމް މާއްދާގެ ސިލަބަހަށާއި ދަރިވަރުންގެ ފޮތަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާތީއެވެ. މި އިމްތިހާނު މާކު ކުރާނީ އެސްކޫލަކަށް ކިޔަވައިދޭ މުދައްރިސުން ކަމަށް ޑިޕާޓްމެންޓް އޮފް އެގްޒޭމިނޭޝަންސުން ނެރުއްވާފައިވާ މި ދެމާއްދާގެ ސުވާލު ކަރުދާސް ޗާޕު ކުރުމާއި މާކު ކުރުމާއި ނަތީޖާ ސާފު ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލު (އެސް އޯ ޕީ) ގައި ބަޔާން ކޮށްފައިވެއެވެ.
ދިވެއްސާއި އިސްލާމް ގެ މި އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ތަފާތު ޕްރޮގްރާމްތަކެއް އަހްމަދިއްޔާގައި ކުރިއަށް ގެންދެއެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްލާމް ގެ ނަމޫނާ ޓެސްޓް ތަކެއް ދެވިފައެވެ. ދިވެހީގެ ނަމޫނާ ޓެސްޓް ދެވޭނީ މާދަމާއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އޯލެވެލް ކުދިންގެ ނަތީޖާ ރަގަޅު ކޮށްދިނުމަށް އަހްމަދިއްޔާ އިން ކޮށްދޭ ފުރިހަމަ މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ!