އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ. މިރޭ 8:30 ގައި ބޭއްވި މި ހަފްލާގެ ޝަރަފްވެރިމެހްމާނަކީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 12 އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ
ގްރޭޑް 12 ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ސްކޫލްގެ ކުރީގެ ދަރިވަރުންކަމުގައިވާ، ހެޑް އޮފް ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، ޗީފް އިންސްޕެކްޓްރ ރަޖުނީ ޝުޢައިބު އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕެރސަންސް ވިތު ދިސެބިލިޓީސްގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޛު ޙުސައިން ރަމީޒާއި، ހެވީ ފޯސް ޕަރައިވެޓް ލިމިޓެޑްގެ ސިވިލް އިންޖީނިއަރ ޤިސްމަތު ޤާސިމްއާއި، މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ(މީރާ) ގެ ސީނިއަރ ޓެކްސް އޮފިސަރ، އިންޓެލިޖެންސް ރިވިއު ފާޠިމަތު ޝިފާއާއި، މެޑިކަލް އޮފިސަރ ޑރ. ޢައިޝަތު އިނާޔާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެސްޕޯކްސް ޕާރސަން ދާނިޝް މުޙައްމަދު ނިޒާމެވެ.
މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ
ގްރޭޑް 12 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 10އެލްގެ މުޙައްމަދު ރަސަލް ތަސްލީމެވެ. 2 ވަނައަށް ހޮވުނީ 12 ޖޭގެ ފާޠިމަތު މާޔާ ނަޞްރުﷲ އެވެ 3 ވަނަ އަށް ހޮވުނީ 12 އެލްގެ މުޙައްމަދު ހަމްދާން އަޙްމަދެވެ.
މިހަފްލާގައި ގްރޭޑް 11 ގެ ދަރިވަރުންގެ އައިޓަމެއްވެސް ކުރިއަށް ގެންދިޔައެވެ. މިރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ މަތީ ސާނަވީ ސްކޫލް ކެޕްޓަން މުޙައްމަދު އަޔާޝް އެވެ. މިރޭގެ ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.