ރަހަފަތް: ހުތްމަސްކާށި

އަޙްމަދިއްޔާ މީޑިޔާ ކުލަބްގެ ދަރިވަރުން މި ރޯދަމަހަށް ކުރިއަށް ގެންދާ "ރަހަފަތް" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 2 ވަނަ ދުވަހު މި ގެނެސްދެނީ ހުތްމަސްކާށި ތައްޔާރުކުރާނެ ގޮތެވެ.

މިއީ އިހުޒަމާނުއްސުރެ ދިވެހިންގެ ސުފުރާތައް ފަޅުފިލުވައިދެމުންދާ ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު ކާނާއެކެވެ. ރޯދަ ވީއްލުމަށާއި ހާރުދަމަށްވެސް ބޭނުން ކުރެވޭނެ ލުއި ކެއުމެކެވެ. ހުތްމަސްކާއްޓާއި އެކު ފެންފޮޅި، ރޮށިނުވަތަ ބަތާ އެކު ފިހުނުމަސް ފޮއްޗަކާއި ކޮޕީފަތްކޮޅަކާއި އެކު ނާސްތާ ފުރިހަމަ ކޮށްލާށެވެ.

ބޭނުންވާ ތަކެތި

2 ކާށި (ކާށި އުކުރައިފަ )

1 ދަޅު މަސް

1 ވަޅޯ މަސްގަނޑު ( ތުނިކޮށް ކޮށައިފާ)

2 ފިޔާ ( ތުނިކޮށް ކޮށާއިފަ)

1 ގިތެޔޮ މިރުސް ( ތުނިކޮށް ކޮށައިފާ)

6 ހިކި މިރުސް (ދަވާފައި)

1 ޖޯޑު ފެން

1 ލުނބޯހުތް

ލޮނު، އަސޭމިރުސް (ރަހަލާވަރަށް)

 

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި މަސްކޮޅާއި މަސްދަޅު އަދި އުކުރާފައި ހުރި ކާށިކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ. ފިޔާ،ގިތެޔޮމިރުސް،ހިކިމިރުސް އަދި ލޮނުކޮޅު އެއްކުރުމަށްފަހު ފެންފޮދެއް އަޅައި ރަނގަޅަށް މޮޑެލާށެވެ. ދެން ރަހަލާވަރަށް އަސޭމިރުސް އެޅުމަށް ފަހު ލުނބޯހުތް ފެލައިލުމަށްފަހު އެއްކޮށް މޮޑެލާށެވެ.