ބުރާސްފަތި, 24 އޭޕްރިލް 2025

ރަހަފަތް: ޕޭން ކޭކު

ޕޭން ކޭކަކީ ދިވެހިންގެ ސުފުރާމަތިން ފެންނަ ގިނަބަޔަކަށް މީރު އަދި އެހާމެ ފަސޭހައިން ތައްޔާރު ކޮށްލެވޭ ކާނާއެކެވެ. ރޯދަ ވީއްމަށާއި ތަރާވީހު ވަގުތުގެ އިތުރުން ހާރަށްވެސް ބޭނުން ކުރެވިދާނެ ހަށިގަނޑަށް ލުއި ކާނާއެކެވެ.

ބޭނުންވާ ތަކެތި

2 ބިސް

ބައި ތަށި ކިރު

އެއް ސަމުސާ ވެނީލާ އެސެންސް

އެއް ސަމުސާ ބޭކިން ޕައުޑަރ

އެއް ތަށި ފުއް

ހަތަރު ބައި ކޮށްފަ އެއްބައި ތަށި ހަކުރު

ކުޑަ ލޮނުކޮޅެއް

ބައި ސަމުސާ ތެޔޮ

ޓޮޕިންގްސް

ޗޮކުލެޓު

މޭވާ (ބޭނުން ވައްތަރެއްގެ)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ 2 ބިހާއި ،ހަކުރު އަދި ލޮނު އަޅާފައި ރަނގަޅަށް ގިރާލާނީއެވެ. އެއަށްފަހު ތެލާއި، ކިރު އަދި ވެނީލާ އެސެންސް އަޅައިގެން 3 މިނެޓު ވަންދެން ގިރާލާނީއެވެ. ދެން ފުށް އަދި ބޭކިންގް ޕައުޑަރ އަޅައިގެން ރަނަގަޅަށް އަނެއްކާވެސް ގިރާލާނީއެވެ. އެއަށް ފަހުގައި މަޑުގިނީގައި ބަހައްޓައިގެން ފިހެލާނީއެވެ. ވީހާވެސް ވަށް ކޮށް ތަވާ މައްޗަށް އެޅޭތޯ ބަލަން ވާނެއެވެ. ބޮކި ޖަހާހެން ހީވީމަ ދެން ނަގާނީއެވެ. ހުރިހާ ޕެންކޭކެއް ފިހެ ނިމުމުން ޓޮޕިންގްސް ހެދުމަށް ޗޮކުލެޓު އުދުނުން ހޫނުކޮށް ވިރުވާފައި މައްޗަށް އެޅިދާނެއެވެ. އަދި ބޭނުންވާ މޭވާ އެއްވެސް މައްޗަށް އެޅިދާނެއެވެ.