ޕާން ޕިއްޒާ އަކީ ބުރަކޮށް އުޅޭ ދުވަހެއްގައި ތައްޔާރުކޮށްލަން ފަސޭހަ، އެހާމެ މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 1/2 ބޮޑު ފިޔާ
2 ބެލް ޕެޕާ
2 ޓޮމާޓޯ
2 ތޮޅި މިރުސް
1 މަސްދަޅު
1/4 ސައިސަމްސާ ލޮނު
1/4 ސައިސަމްސާ އަސޭމިރުސް
ޓޮމާޓޯ ކެޗަޕް
1 ޕާން
ޗީޒް
ތައްޔާރުކުރާ ގޮތް:
އެންމެ ފުރަތަމަ ފިޔާ، ބެލް ޕެޕާ އަދި ޓޮމާޓޯ އޮށް އޮށަށް ކޮށާށެވެ. ދެން އެއަށްފަހު، މަސްގަނޑު ތައްޔާރުކޮށްލުމަށް މަސްދަޅުގެ ތެރެއަށް ލޮނާއި އަސޭމިރުސް އަޅައި އެއްކޮށްލާ މޮޑެލާށެވެ. އަދި ކޮށި ތަރުކާރީކޮޅު އޭގެ އެތެރަށް އެއްކޮށްލާށެވެ. އެމީހަކަށް ކުޅި ހެޔޮވަރުވާ ވަރަށް މިރުސް ލެވިދާނެއެވެ. މަސްގަނޑު ތައްޔާރުކޮށް ނިމުމުން ޕާން ފޮއްޗެއް ގައި ޓޮމާޓޯ ކެޗަޕް ހާކާލުމަށްފަހު މަސްގަނޑު ފަތުރާލާށެވެ. އަދި އޭގެ މައްޗަށް ޗީޒް އެޅުމަށްފަހު މައިކްރޯވޭވްގައި 3 މިނުޓަށް ހޫނުކޮށްލާށެވެ.