ބޭނުންވާ ތަކެތި:
2 ޖޯޑު ފުއް
2 މޭޒުމަތީ ސަމުސާ މާޖިރިން
1 މޭޒުމަތީ ސަމުސާ އީސްޓް
3 މޭޒުމަތީ ސަމުސާ ހަކުރު
2 މޭޒުމަތީ ސަމުސާ ކިރު
1 މޭޒުމަތީ ސަމުސާ ތެޔޮ
ބައި ސައި ސަމުސާ ލޮނު
ބައި ސައި ސަމުސާ ރީނދޫ
ބައި ޖޯޑު ފެން
1 ޖޯޑު ދިޔާ ކިރު (ތާފަނާ)
1 ބިސް
ޗޮކްލެޓް
ސޯސްގަނޑަށް ބޭނުންވާ ތަކެތި:
ބައި ދަޅު ގެރިކިރު
2 މޭޒުމަތީ ސަމުސާ ބަޓަރު
ބައި ސައި ސަމުސާ ވެނީލާ އެސެންސު
ތައްޔާރުކުރާނެ ގޮތް:
ފުއް، ހަކުރު، އީސްޓް، ލޮނު އެއްކޮށްލުމަށްފަހު ބިސް، ތެޔޮ، ކިރު، ރީނދޫ އަދި މާޖިރިން އަޅައިގެން ފުށްގަނޑު އެއްކޮށްލުމަށްފަހު ފެން އަޅާ ފުއްގަނޑު އޮމާންވަންދެން މޮޑެލާށެވެ.
20 މިނެޓު މަތިޖެހި ތައްޓެއްގައި ފުއްގަނޑު ބޭއްވުމަށްފަހު ފުއްގަނޑުނަގައި މޮޑެލުމަށްފަހު ބަނަސް ހަދަން ފުށް ގުޅަހަދާށެވެ.
ކޮންމެ ފުއް ގުޅައެއްގެ ތެރެއަށް ޗޮކްލެޓް ކޮޅެއްލައި ބަންދު ކުރުމަށްފަހު އޮމާން ކޮށް ޓްރޭގައި އަތުރާލާށެވެ.
މަތި ބަންދު ކޮށްލާ 15 މިނެޓް ބަހައްޓާށެވެ. ބަނަސްތަކުގެ މަތީގައި ބިސް ހާކާލުމަށް ފަހު ފިހަން އަވަނަށްލާށެވެ. ބަނަސް ތަކުގެ މައްޗަށް ރަންކުލަ އަރަންދެން ފިހެލާށެވެ.
ސޯސް ގަނޑު ތައްޔާރުކުރުމަށް ތަވަޔަކަށް ބަޓަރ އަދި ގެރިކިރު އެޅުމަށްފަހު އޮލަވަންދެން ކައްކާށެވެ. އޭގެތެރެއަށް ވެނީލާ އެސެންސު އަޅައި އެއްކޮށްލުމަށްފަހު ބަނަސްތައް ފިހެވުމުން ބަނަސްތަކުގެ މައްޗަށް ސޯސް ގަނޑު އަޅާލާށެވެ.