ރަހަފަތް: މިނީ ޕިއްޒާ

މިއީ ދުވަހުގެ މަސަކްކަތްތައް ނިންމާލުމަށް ފަހު ފަސޭހައިން ތައްޔާރު ކޮށްލެވޭނެ މީރު ކާނާއެކެވެ. އެކި މަސްގަނޑުގައި މި ތައްޔާރު ކުރެވޭނެއެވެ. މިފަހަރު މި ގެނެސްދެނީ ކުކުޅު މަހުގައި ތައްޔާރު ކޮށްލާނެގޮތެވެ

ބޭނުންވާތަކެތި

ޖޯޑު ތާފަނާ ދިޔާ ކިރު ½

ސައިސަމުސާ އީސްޓް 2

2 ސައިސަމުސާ ހަކުރު

2 ޖޯޑު ފުށް

މޭޒުމަތީ ސަމުސާ ތެޔޮ   2

ގްރާމް ބޯންލެސް ޗިކަން (ކިއުބްކޮށްކޮށާ)300

ފިޔާ (ކިއުބްކޮށްކޮށާފައި)1

މިރުސް (ކުދިކޮށްކޮށާފައި)2

ލޮނުމެދު (ގާނާފައި)2

އިގުރު 1 އިންޗި (ގާނާފައި)

ސައިސަމްސާ އަސޭމިރުސް 2

ރަހާ މީރު ވާ ވަރަށް ޓޮމާޓޯ ސޯސް

ލޮނު (ރަހަލާވަރަށް)

) ގްރީން ބެލްޕެޕާ (ކިއުބް ކޮށްކޮށާފައި1/3

ރެޑް ބެލް ޕެޕާ (ކިއުބްކޮށްކޮށާފައި)    1/3

މޮޒަރެއްލާ ޗީޒް ނޫނީ ސުލައިސް ޗީޒް

 

ތައްޔާރު ކުރާނެ ގޮތް

ތަށްޓަކަށް ކިރު، ޔީސްޓް އަދި ހަކުރު އަޅައި ސަމުސަލުން ހަލުވާލުމަށްފަހު މަތި ޖަހާފައި 10 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ދެން މީގެ ތެރެއަށް ފުށް، ލޮނު އަދި ތެޔޮ އެޅުމަށްފަހު ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު މި ފުށްގަނޑުގެ މަތީގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށްފަހު 1 ގަޑިއިރުވަންދެން މަތި ޖަހާފައި އެއްފަރާތެއްގައި ބަހައްޓާލާށެވެ. ދެން ފުށްގަނޑު ނެގުމަށްފަހު ފުށްގަނޑު 4 ބަޔަށް ބަހާލާށެވެ. މިއިން ކޮންމެ ބަޔެއްވެސް ކުޑަކޮށް މޮޑެލުމަށްފަހު ރޮށި ދަމާ އެތި ބޭނުން ކޮށްގެން ރޮށްޓެއްހެން ދަމާލާށެވެ. އެއަށްފަހު ކުކީ ކަޓާއެއް ބޭނުން ކޮށްގެން އެ ސައިޒަށް ފުށްގަނޑު ކަފާލާށެވެ . ފުށްގަނޑުތައް ކަފާ ނިމުމުން އުލެއް ބޭނުންކޮށްގެން ފުށްގަނޑު ތަކުގައި ލޯވަޅު އެޅުމަށްފަހު ތަވާމަތީގައި މި ކުދި ފުށްގަނޑުތައް ކުޑަކޮށް ފިހެލާށެވެ. އެއަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ .އޭރުން ފުށްގަނޑު ތައްޔާރު ކޮށް ނިމުނީއެވެ.

އެންމެ ފުރަތަމަ  ތަވައަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ކޮށާފައި ހުރިފިޔާ، މިރުސް ކުޑަކޮށް ވަޅޯ ކޮށްލާށެވެ. ވަޅޯ ވުމުން ލޮނުމެދު، އިގުރު ބެލްޕެޕާ އަޅާ މިނެޓެއްހާއިރު ކުޑަކޮށް ހާކާލާށެވެ. ދެން އޭގެތެރެއަށް އަސޭމިރުސް، ލޮނު، އަދި މިރުސް ކޮޅެއްލުމަށްފަހު ރަހަ ހޭވަރު  ކޮށްލާށެވެ. މަޑު ގިނީގައި ރަނގަޅަށް މިކްސް ކޮށްލުމަށްފަހު އެއްބައި ހަވާދުގަނޑު ތައްޓަކަށް އަޅާލާށެވެ. ތާވާގައި ހުރި ހަވާދުގަނޑުގައި  ކުކުޅު މަސްކޮޅު ރޯފިލުވައިލާށެވެ. ރޯފިލުމުން ކުރިން ތައްޓަށް ނެގި ހަވާދުކޮޅު އަދި ޓޮމާޓޯ ސޯސް ކޮޅެއް އަޅާލުމަށްފަހު ރަހަ ހޭވަރު ކޮށްލާށެވެ. އޭރުން މަސްގަނޑު ތައްޔާރު ކޮށް ނިމުނީއެވެ. ބޮޑު ޓުރޭއެއްގައި ތެޔޮ ހާކާލުމަށްފަހު ފުށްކޮޅުގައި ތައްޔާރުކުރި މަސްގަނޑު އަޅާ ފަތުރާލުމަށްފަހު ގާނާފައި ހުރި ޗީސްކޮޅު މަސްތަކުގެ މައްޗަށް އަޅާލާށެވެ. ދެން200 ޑިގްރީގައި 10 ވަރަކަށް މިނެޓް ވަންދެން ފިހެލާށެވެ .މިހާރު މިވަނީ މިނީ ޕިއްޒާ ތައްޔާރުކޮށް ނިމިފައެވެ.