މިއީ ރޯދަ ވީއްލާ ގަނޑިއަށް ތައްޔާރު ކޮށްލެވޭނެ ފަސޭހަ ބުއިމެކެވެ. ރޯދަމަހު ސިއްހަތު ބެލެންސް ކޮށްލަން އެންމެ ރަނގަޅު ބުއިމަކަށް ވާނެއެވެ. ޕްރޮޓީންއާއި ފައިބަރުން މުއްސަނދި ބުއިމުގެ ސަބަބުން ގިނައިރުތަކެއް ވަންދެން ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެދިނުމަކީ ހާރު ގަޑީގައިވެސް މިބުއިން ބޭނުން ކުރެވޭނެ ސަބަބަކެވެ.
ބޭނުންވާ ތަކެތި
½1 ޖޯޑު އާމަންޑް ކިރު
1 އަވަކާޑޯ
1 ދޮންކެޔޮ
½ ޖޯޑު އައިސް
1ސައިސަމުސާ މާމުއި
އައިސްކްރީމް، ވިޕިން ކްރީމް،(ބޭނުންނަމަ),ބަދަން
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، އަވަކާޑޯގެ ތޮށި މަށައިލާށެވެ. އަދި އޭގައިވާ އޮއް ނެގުލުމަށް ފަހު ކުދިކުދިކޮށް ކޮށާލަށެވެ. ދޮންކެޔޮ ކޮޅުވެސް ކުދިކުދިކޮށް ކޮށާލާށެވެ. އެއަށްފަހު އާމަންޑް ކިރުކޮޅާއި ކޮށާފައިހުރި އަވާކާޑޯ އާއި ދޮންކެޔޮ ކޮޅާއި އައިސް އަދި މާމުއި ރަނގަޅަށް އެއްވަންދެން މިކްސްޗަރުގައި ގިރައިލާށެވެ. ރަނގަޅަށް މިކްސްޗަރުން ގިރައިލުމަށްފަހު، ތަށްޓަކަށްއަޅާ، އައިސްކްރީމް ސްކޫޕެއް އޭގެ މައްޗަށް ލާށެވެ. ސްމޫތީގެ ޓޮޕިންއަށް ވިޕިން ކްރީމް ނުވަތަ ބަދަންވެސް އެޅިދާނެއެވެ.