މިއީ ރޯދަމަހު ސުފުރާތަކުން ގިނައިން ފެންނަ ތެލުގެ ބާވަތްތަކުގެ ބަދަލުގައި ފަސޭހައިން ހަދާލެވޭނެ ސިއްހަތައް ފައިދާހުރި މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި
3 ބިސް
ޖޯޑު ފުށް
ކެރެޓް،ބެލްޕެޕަރ،ފިޔާ،މިރުސް(ބޭނުންވަރަކަށް ކޮށައިފައި)
2 ސައިސަމްސާ ޒައިތޫނި ތެޔޮ
1ސައިސަމްސާ ބޭކިންގ ޕައުޑަރ
1ޖޯޑު ކިރު
1ޖޯޑު ކުކުޅުމަސް(ފެނުކަށްކާފައ އަދި ކުދިކޮށް ކޮށްއިފައި)
ފެހިއޮއް،ޒުވާރި(ބޭނުންވަރަކަށް)
ލޮނު،އަސޭމިރުސް(ރަހަލާވަރަށް)
1ޖޯޑު ޗީޒް(ގާނާފައި)
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ތަށްޓަކަށް ބިސްތައް ތަޅާލުމަށްފަހު ރަގަނޅަށް ގިރާލާފައި އޭގެ ތެރެއަށް ޒައިތޫނި ތެޔޮފޮދާއި ކިރުފޮދު އަޅާލާއި ރަނގަޅަށް ގިރާލާށެވެ. ދެން ވަކި ތަށްޓެއްގައި ފުށްކޮޅާއި ބޭކިންގ ޕައުޑަރ،ލޮނު އަދި އަސޭމިރުސްކޮޅު އެއްކޮށްލުމަށްފަހު ބިސްތަކުގެ ތެރެއަށް އަޅާލާއި ރަނގަޅަށް އެއްކޮލާށެވެ.ދެން ކޮށައިފައިހުރި ކެރެޓް،ކެބެގް،ބެލްޕެޕަރ، ފިޔާ، މިރުސް، ކުކުޅުމަސް އަދި ފެހިއޮއްކޮޅާއި ޒުވާރި އެއްކޮށްލާށެވެ. އޭގެ ފަހުން ގާނާފައިހުރި ޗީޒްކޮޅު އެއްކޮށްލުމަށްފަހު، ކަޕްކޭކު ފިހޭ ތަށްޓައް އަޅާލުމަށްފަހު 190 ޑިގްރީ ސެލްޝިއަސްގައި 25 މިނެޓަށް އަވަނަށްލައި ފިހެލާށެވެ.