ބޭނުންވާތަކެތި:
1 ފިޔާ (މެދު ސައިޒް)
1 ގިތެޔޮ މިރުސް (ނޫނީ ބޭނުންވަރަކަށް)
½ ލުބޯ (ނޫނީ ބޭނުންވަރަކަށް)
1 ފެލިވެރިމަސް ދަޅު
2 މޭޒުމަތީ ސަމްސާ މެޔޮނައިސް (ނޫނީ ބޭނުންވަރަކަށް)
1 ބޮޑު ޕާން
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުންވަރަކަށް)
ތައްޔާރުކުރާނެގޮތް:
1. ފިޔާ، މިރުސް ތުނިކޮށް ކޮށާލާށެވެ. އަދި އޭގެތެރެއަށް ލުބޯ ފިތާލާފައި މޮޑެލާށެވެ
2. މަސްދަޅު ފިޔާމިރުހާ އެއްކޮށް މޮޑެލާށެވެ. އަދި ލޮނު ހެޔޮވަރު ކޮށްލާށެވެ.
3. ދެން މެޔޮނައިސް އަޅާފައި މޮޑެލާށެވެ. މިހާރު ސޭންޑްވިޗް މަސްގަނޑު ތައްޔާރު ވީއެވެ.
ސޭންޑްވިޗް ޕާން 2 ގޮތަކަށް ތައްޔާރު ކުރެވިދާނެއެވެ. އެއީ ޕާން ޓޯސްޓް ކޮށްގެން ހަދާ ސޭންޑްވިޗާއި ޓޯސްޓް ނުކޮށް ހަދާ ސޭންޑްވިޗެވެ.
4. މަސްގަނޑުން އެތިކޮޅެއް ކޮންމެ 2 ޕާން ފޮއްޗެއްގެ ތެރެއަށް އަޅައި މަސްގަނޑު ހުސްވަނދެން ސޭންޑްވިޗް ހަދާލާށެވެ. މިހިސާބުން ސޭންޑްވިޗް ހަދާ ނިމުނީއެވެ.